ކޮވިޑް-19: އިންޒާރެއް! ހަނދާންކޮށްދިނުމެއް! ﷲގެ މަގަށް ރުޖޫޢަވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކޮވިޑް-19:  އިންޒާރެއް! ހަނދާންކޮށްދިނުމެއް! ﷲގެ މަގަށް ރުޖޫޢަވޭ!

އެންމެން އެއް އަޑަކުން ދައްކަމުން ދަނީ މިވާހަކައެވެ. މި ނުރައްކާތެރި ވައިރަހުގެ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ! މުޅި ދުނިޔެ މިއޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ބަލިމަޑުކަމާއި މުޞީބާތްތަކަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުން އިމްތިޙާން ކުރެއްވުމަށްޓަކައި މެދުވެރިކުރައްވާ ކަންކަމެވެ. ހަނދާންކޮށްދިނުމުގެ ގޮތުން އިންޒާރެއްގެ ގޮތުގައެވެ. އެއިލާހުގެ މަގަށް ރުޖޫޢަވުމަށްޓަކައެވެ.

 

ކުރީގެ ބޭކަލުންގެ ޒަމާނުގައި ބޮޑު ބަލިމަޑުކަމެއް ނުވަތަ ވަބާއެއް ޢާއްމުވެއްޖެ ނަމަ އަނިޔާވެރިކަމާއި ފާފަތައް ކުރުމުން ދުރުވެގަނެއެވެ. އަދި ﷲ ގެ ދީނަށް ރުޖޫޢަވެ، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުން އިތުރުކުރައްވައެވެ.

 

ވީމާ، އަޅުގަނޑުމެންނަށް ވެސް އޮތީ މިގޮތެވެ. މި ނުރައްކާތެރިކަމުން އަޅަމެން ސަލާމާތް ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ އެންމެހާ ބަލިތަކަށް ޝިފާދެއްވާ ގަދަކީރިތިވަންތަ މާތް ﷲއެވެ. ވީމާ، އެއިލާގެ ދީނަށް، އެ މަގަށް ރުޖޫޢަވާށެވެ! ހެޔޮޢަމަލުތައް ގިނަކޮށް، ޢާއިލާއާއި އެކުވެރިންނަށް ހެޔޮޢަމަލުތަކަށް ހިތްވަރުދޭށެވެ!

 

މާތް ﷲ އަޅަމެން އެންމެން ރައްކާތެރިކުރައްވާށިއެވެ!

 

‏اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ

 

އޭ ﷲ ! ބަރަޞް ބަލިންނާއި، ބުއްދިފިލައި ދިއުމުންނާއި، ޖުޒާމު ބަލިންނާއި، ނުބައިވެގެންވީ ބަލިތަކުން، އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެމެވެ. --ޢަބްދުﷲ ޙާމިދު/ޢިލްމް.އެމްވީ

 

މިއަދު އޮންލައިން