ދުނިޔެއަށް ފެތުރެމުން މިދާ ކޮރޯނާ ވައިރަސްގެ ވަބާއިންވެސް މިންޖުކޮށް ދެއްވެވޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. މިކަން ޔަޤީންކުރާށެވެ! ބަލި ޖެހިދާނެތީ ވެސް ބަލިން ސަލާމަތްވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރުމެވެ.
"އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.
"އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަވަނީ، ހަމަ އެކަލާނގެއެވެ" (އައްޝުޢަރާ: 79،80)
ބަލިވުމުން ކާން ބޭނުންކުރާ ބޭސް ނުވަތަ ހޯދާ ފަރުވާ އުފެއްދުމުގެ ކުޅަދާނަކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ވެކްސިން އުފެއްދުމުގެ ކުލަދާނަކަން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ބޭސް ބޭނުން ކުރިނަމަވެސް ޝިފާ ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ.
އިސްލާމް ދީނުގައި އޮތީ ބަލިވި ނަމަވެސް އަދި އެނޫން ކަމެއް ކުރިމަތިވި ނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ.