ހިނިތުންވާން ނޭނގޭ މީހާ ކައިވެނި ނުކުރާށެވެ! އަދި ފިހާރައެއްވެސް ނުހުޅުވާށެވެ! ކާމިޔާބެއް ނުކުރެވޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހިނިތުންވާން ނޭނގޭ މީހާ ކައިވެނި ނުކުރާށެވެ! އަދި ފިހާރައެއްވެސް ނުހުޅުވާށެވެ! ކާމިޔާބެއް ނުކުރެވޭނެއެވެ!

ހިނިތުންވާން ނުދަންނަ މީހުން ނުވަތަ ހިނިތުންވުމުގެ އާދަ ނެތް މީހުން ކައިވެނި ނުކުރާށެވެ! އަދި ފިހާރައެއްވެސް ނުހުޅުވާށެވެ! ކާމިޔާބެއް ނުކުރެވޭނެއެވެ! 

ފުރަތަމަ ކަމަކީ ކައިވެންޏެވެ. އެމީހާއަކީ ހިނިތުންވުމުގެ އާދަ ނެތް މީހެއް ނަމަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބޭނެ އުފާވެރިކަމެއް ނެތެވެ. އެހިސާބުން ގެއްލިގެން އެދަނީ ކައިވެނީގެ އުފާވެރިކަމުގެ ދެބައިކުޅަ އެއްބައެވެ. ވީމާ އުފާވެރި ދިރިއުޅުމެއް އުޅުމަކީ ވަރަށް ނާދިރު ކަމެކެވެ. 

ދެވަނައަށް ފާހަގަ މިކުރީ ހިނިތުންވާން ނޭނގޭ ފިހާރައެއް ނުހުޅުވުމެވެ. އެއީ ޗައިނާގެ ހަރުބަހެކެވެ. ސަބަބަކީ އެމީހެއްގެ ކިބައިގައި ހިނިތުންވުން ނެތް މީހެއްގެ ފިހާރައަށް ދާން ކަސްޓަމަރުން ބޭނުން ނުވާނެ ކަމެވެ. އެފަދަ މީހެއްގެ ފިހާރައަށް ދާހިތް ނުވާނެ ކަމެވެ. އަދި ކަސްޓަމަރުންނަށް ހިނިތުން ވެގެން ނޫނީ ތަކެތި ވިއްކުން އުތުރު ނުކުރެވޭނެ ކަމެވެ. 

ވިސްނައިލަންވީ "ތަނަވަސްކަމުން ނުވަތަ ފައިސާއިން މީހުންގެ ހިތުގެ ލޯބި ނުހޯދޭނެ ކަމަށް، ނުވަތަ ހިތްހަމަޖައްސައި ނުދެވޭނެ ކަމަށާއި ނަމަވެސް ހިނިތުންވެގެންނާއި ހެޔޮކޮށް ހިތުމުން މީސްތަކުންގެ ލޯބި ހޯދޭނެ" ކަމަށް އޮންނަ ޙަދީޘް ބަސްފުޅަށެވެ. 

މިކަމުގެ ހެއްކަކީ ކިތަންމެ އަގުބޮޑު ހަދިޔާ ދިން ނަމަވެސް މީސްތަކުންގެ ލޯބި ނުހޯދޭކަމެވެ. މީސްތަކުންގެ ކީއްކުރަން ހެއްޔެވެ؟ ފުރެންދެން ރަނުގެ ގަހަނާ ދިން ނަމަވެސް އަނބިންނާއިމެދު ހަރުކަށިކޮށް ޢަމަލުކުރާނަމަ އަނބިންގެ ލޯބިވެސް ނުހޯދޭ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން