ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގަ 3 ފަހަރު ފެންލާންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގަ 3 ފަހަރު ފެންލާންވީ ކީއްވެ؟

ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެންލާންވީ އެއީ ރަސޫލް (ޞޢވ) ގެ ސުންނަތުގައި އެކަން އެގޮތަށް އޮތުމުންނެވެ. ވާޖިބުވެގެންވަނީ 1 ފަހަރު ފެންލުމެވެ. އެ ފަހަރު ގުނަވަނުގައި ފުރިހަމައަށް ފެންޖައްސައިފި ނަމަ ނިމުނީއެވެ. 3 ފަހަރު ފެންލާންވީ ގުނަވަނުގައި ފެންޖެހުނުކަން ޔަޤީންކުރުމަށެވެ.   

ސުވާލު:

ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެން ނުލައިފިނަމަ، ވުޟޫ ޞައްޙަވާނެތޯއެވެ؟

ޖަވާބު:

 ވުޟޫ ކުރާއިރު ވާޖިބަކީ، ދޮންނަން ޖެހޭ ކޮންމެ ގުނަވަނެއްގައި 1 ފަހަރު ފެން ލުމެވެ. އަދި ފުހެން ޖެހޭ ކޮންމެތާކު 1 ފަހަރު ފުހުމެވެ. އެހެންކަމުން ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެން ނުލިކަމުގައިވިޔަސް ވުޟޫ ޞައްޙަވާނެއެވެ.  

ސުންނަތްގޮތަކީ، ދޮންނަ ގުނަވަންތަކުގައި ތިންތިންފަށް ކުޅައުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވި އެގޮތަށް ކަންތައްތައް ކުރައްވާފައިވާތީއެވެ.

 


الشيخ محمد شافع

 

މިއަދު އޮންލައިން