ލަންކާއިން އޮން-އަރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި!

ކިޔުމަށް ހޭދަވާނީ 40ސ
ލަންކާއިން އޮން-އަރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅިގެން އަވަށްޓެރި ޝްރީ ލަންކާއިން އޮން-އަރައިވަލް ވިސާ ދިނުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަ ކުރަމުން ލަންކާގެ އިންފޮމޭޝަން ޑިޕާޓްމެންޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އޮން އެރައިވަލް ވިސާ އެ ގައުމުން ބޭރުގެ މީހުންނަށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ލަންކާއިން މިފަދައިން ނިންމާފައިމިވަނީ، އެޤައުމުގެ ރައްޔިތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ލަންކާއިން ޕޮޒިޓިވް ވެެފައިވަނީ، އިޓަލީގެ ފަތުރުވެރިންތަކަކާއެކު ލަންކާއަށް ދިޔަ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.

އެފިރިހެން މީހާއަކީ ލަންކާގައި ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާއަށް ކޮވިޑް 19 ޖެހުނީ ފަތުރުވެރިންތަކެއްގެ ފަރާތުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

 

 

މިއަދު އޮންލައިން