ދުނިޔެއަށް ގޮންޖަހަމެވެ! ދެމަފިރިން އެކުގަ ރޭ އަޅުކަންކުރާ، ޒަވާޖީ ހަޔާތުގެ އުފާ ނުލިބޭ ދެމަފިރިއަކު ތިބިނަމަ ނިކަން ބުނެބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދުނިޔެއަށް ގޮންޖަހަމެވެ! ދެމަފިރިން އެކުގަ ރޭ އަޅުކަންކުރާ، ޒަވާޖީ ހަޔާތުގެ އުފާ ނުލިބޭ ދެމަފިރިއަކު ތިބިނަމަ ނިކަން ބުނެބަލާށެވެ!

ކައިވެނީގެ ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވެނީ މަދު މީހަކަށެވެ! އެންމެންވެސް އެކަމާ ޝަކުވާ ކުރެއެވެ! ނަމަވެސް ސަބަބާއިމެދު ވިސްނަނީ މަދު މީހެކެވެ. އެންމެންހެން ކުރަނީ ޝަކުވާއެވެ! 

ކައިވެނި މިކިޔަނީ ދެމީހަކު ގުޅިގެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކުގައި އުޅުމަށެވެ. ވީމާ ކައިވެންޏާއި ހަމައިން 2 މީހުންނަކީ 1 ކަމުގައި ވާންޖެހޭނެއެވެ. ވަކިކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައެވެ. 

މިގޮތުން ދެމީހުން އެކުގައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރެސްޓޯރަންޓްތަކަށް ގޮސް ކެއުމެއް ނޫނެވެ. ޝޮޕިންމޯލްތަކަށް ގޮސް ބާޒާރުކުރުމެއް ވެސް ނޫނެވެ. އެއީވެސް ތަނަވަސްކަން ހުރިވަރަކުން ކުރަން ހަމަ ރަނގަޅު ކަންކަމެވެ. 

ނަމަވެސް ދެމަފިރިން އެކުގައި ކުރަން އެންމެ މުހިންމު ކަމަކީ ރޭ އަޅުކަމެވެ. ދަމުނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި ޛިކުރް ކުރުމެވެ. އަހަރެން ހަމަ މުޅި ދުނިޔެއަށް ގޮންޖަހާފައި ސުވާލުރަމެވެ. އެކުގައި ރޭއަޅުކަންކުރާ ދެމަފިރިއަކަށް ޒަވާޖީ ޙަޔާތުގެ އުފާ ނުލިބެނީ ކޮން ދެމަފިރިއަކަށް ހެއްޔެވެ؟ އެފަދަ ދެމަފިރިއަކު ތިބި ނަމަ ނިކަން އެއީ ތިމަންނަމެން ކަމަށް ބުނެބަލާށެވެ! 

އެފަދަ ދެމަފިރިއަކަށް ތަނަވަސްކަން ނެތި ދަތިހާލުގައި ދިރިއުލެން ޖެހިދާނެއެވެ! އެއީ ﷲ ތަޢާލާ އެ ދެމަފިރިން އިމްތިޙާން ކުރައްވަވާތީއެވެ! ނަމަވެސް އެ ދަތިތަކާއިއެކުވެސް ދެމަފިރިން ދިރިއުލެމުން ގެންދާނީ ހަމަ އުފަލުގައެވެ! ލޯބިންނެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން