ނުރައްކާތެރިކަން ބޮޑުވެފައިވާއިރު ގެއިން ނުކުންނަމުންނާ ވަންނަމުން ދުޢާ ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ނުރައްކާތެރިކަން ބޮޑުވެފައިވާއިރު ގެއިން ނުކުންނަމުންނާ ވަންނަމުން ދުޢާ ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ!

ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރި ބިރުވެރިވެރިކަމާއި ނުރއްކާތެރިކަން ޢާންމުވެފައިވާއިރު ކޮންމެ މީހަކުވެސް ގެއިން ބޭރަށް ނުކުންނަމުންނާއި ވަންނަމުން، ދުޢާކޮށް ކިޔަން ހުރި ޛިކުރުތައް ކިޔާށެވެ! ރައްކައުތެރިކަން ވެސްވެސް އަދި ޝިފާވެސް ދެއްވެވުން ވަނީ ﷲ ތަޢާލާ އަށެވެ! 

މީގެ އިތުރުން ހެނދުނާ ހަވީރު ގެ ޛިކުރުތައް ކިޔެވުން ގިނަކުރާށެވެ! ޛިކުރުގައި ހިމެނޭ ދުޢާތަކަކީ ސުންނަތުން ސާބިތުވާ ވަރަށް ރަނގަޅު ދުޢާތަކެވެ. 

މީގެ އިތުރުން ޑޮކްޓަރުން ދެއްވާ އިރުޝާދުތަކުގައި ހިފަހައްޓައި ޢަމަލުކުރަންވާނެއެވެ! މުސްލިމުންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދި ދުޢާކުރުމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެންތިބެއެވެ. 

ވުޟޫ އެއިގެ ފުރިހަމަ ގޮތުގައި ކުރަމުން ގެންދާށެވެ! އިނގިލިތައް ވިނަވާލައި ގުނަވންތައް ފުރިހަމައަށް ސާފުކުރާށެވެ! 

މުސްލިމުން ފެންވަރައި ތާހިރުވުމުގެ އިތުރުން ފަރުޟު ނަމާދުތަކަށް އެކަނިވެސް ދުވާލަކު ފަސް ފަހަރު އަތުގެ އިތުރުން ފައިވެސް ދޮންނަމުއެވެ. ވުޟޫކުރާ ކޮންމެ ފަހަރަކު ދެ ފަހަރަށް ފައިދޮވެ ސާފުކުރަމުއެވެ. (ވުޟޫކުރަން ފަށަމުންނާއި ނިންމަމުން) 

ކާފިރުން މިއަދު އެބުނަނީ މުސްލިމުން ކޮންމެ ދުވަހަކު ފައިދޮންނަ ވަރަށް އެމީހުންގެ މޫނުތައްވެސް ނުދޮވެވޭ ކަމަށެވެ. ވީމާ މުސްލިމުން މުސްލިމުން ގޮތުގައި ތިބުމަކީ ބަލިތަކުން ސަލާމަތްވެ ތިބުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

- ޝައިޚް ޢާދަމް ނިޝާން މިރޭ ނޫރު މިސްކިތުގައި ދެއްވި ދަރުސުން

 

 

 

މިއަދު އޮންލައިން