އަނބިމީހާގެ / ފިރިމީހާގެ ރަނގަޅު ކަމުގެ ހުރިހާ ވާހަކަތައް ކިޔައި ނުދޭށެވެ! އެސްފީނާއަށް ބިރުވެތިވާށެވެ! ޖަހައިވެސްގަނެފާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަނބިމީހާގެ / ފިރިމީހާގެ ރަނގަޅު ކަމުގެ ހުރިހާ ވާހަކަތައް ކިޔައި ނުދޭށެވެ! އެސްފީނާއަށް ބިރުވެތިވާށެވެ! ޖަހައިވެސްގަނެފާނެއެވެ!

އަނބިމީހާގެ ނަމަވެސް ފިރިމީހާގެ ނަމަވެސް ރަނގަޅު ކަމުގެ ހުރިހާ ވާހަކަތަކެއް އެހެން މީހުންނަށް ކިޔައި ނުދޭށެވެ. 2 ސަބަބަށްޓަކައެވެ. 

ފުރަތަމަ ސަބަބަކީ އެސްފީނާއެވެ! ހަސަދަވެރިކަމެވެ. ދެވަނަ ސަބަބަކީ "ޖަހައިގެންފާނެ" ކަމެވެ. 

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ހެޔޮލަފާ، ރަނގަޅު އަނބިންވެސް އަދި ފިރިންވެސް ވަރަށް މަދެވެ. ގިން ބައަކު ދިރިއުޅެމުން ގެންދަނީ ހިތާމަ އާއި ހިތްދަތިކަމުގައެވެ. ވީމާ ތިމާއަށް އުފާވެރިކަން ލިބިދޭ ފަދަ ބައިވެރިއަކު ލިބިފައިވަނީ ވަރަށް މަދު މީހަކަށެވެ. 

ތިބާއަށް ލިބިފައިވަނީ އެފަދަ ބައިވެރިއަކުކަން އެނގުމުން ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނީ މަދު މީހެކެވެ. ގިނަ މީހުން އެކަމަށް ވާނީ ހަސަދަވެރިއެވެ. ލާނީ އެސްފީނާ އެވެ. އަދި ޖަހައިގަންނަން ވެސް މަސައްކަތްކުރާނެއެވެ. މިކަންކަމަކީ ކިތަންމެ ނުބައި ކަންކަން ނަމަވެސް ގިނަ މީސްތަކުންގެ އަމަލުތައް މިއަދު ހުންނަނީ މިފަދަ ގޮތަކަށެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! ހެޔޮ ގޮތުގައި ދިރިއުޅޭ ގިނަ ދެމަފިރިންނަށް މައްސަލަތައް ކުރިމަތިވެފައި ހުންނާނީ އެންމެ ގާތް މީހުންގެ ސަބަބުންނެވެ. މުސްލިމުންނަށް އޮތީ އަނެކާއަށްޓަކައި ހެޔޮކޮށް ހިތުމާއި ދުޢާކުރުމެވެ. ނަމަވެސް އަމިއްލަ އެދުމުގެ ކުރިމަތީގައި އެކަން ހަނދާން ހުންނަ މީހުން ވަރަށް މަދެވެ. 

ވީމާ ކިތަންމެ ގާތް މީހަކަށް ނަމަވެސް ބައިވެރިޔާގެ ހުރި ހުރިހާ ރަނގަޅު ސިފަތައް ކިޔައި ނުދޭށެވެ! ސުވާލުކުރި ނަމަވެސް ކިޔައި ނުދީ ހިފަހައްތަން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ! ދިރިއުޅުމުގެ މިބާވަތުގެ ކަންކަމުގައި އިސްކުރަން ޖެހޭނީ ތިމާގެ މަޞްލަޙަތެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާށެވެ!

މިއަދު އޮންލައިން