މިދުވަސްވަރު ރޯގާ ޖެހޭ މީހުން ގޭގަ ނަމާދުކުރި ނަމަވެސް މިސްކިތަށް ދިއުމުގެ ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މިދުވަސްވަރު ރޯގާ ޖެހޭ މީހުން ގޭގަ ނަމާދުކުރި ނަމަވެސް މިސްކިތަށް ދިއުމުގެ ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ: ޝައިޚް އާދަމް ނިޝާން

މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ބަލިމަޑުކަމެއް ވަރަށް ބާރަށް މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ދުވަސްވަރެކެވެ. އެއީ ކޮރޯނާ ވައިރަސް ކޮޔާ ބައްޔެވެ. ވަރަށް ފަސޭހައިން ގައިން ގައަށް އަރަމުންދާ ބައްޔެކެވެ.

އެބަލި މިވަނީ ކޮންމެ ސިފައެއްގައި ނަމަވެސް ރާއްޖެ އައިސް އަޅުގނޑުމެންނާއި ބައްދަލުކޮށްފައެވެ އަރައިހަމަކޮށްފައެވެ. ވީމާ މި ދުވަސްވަރު އަރިދަފުސް ރޯގާ ނަމަވެސް ރޯގާ ޖެހި، ކެއްސައި ކިނބިހި އަޅައި އަދި ހުން އަންނަނަމަ މީހުންގެ ތެރެއަށް ނުނުކުމެ ގޭގައި މަޑުކުރާށެވެ! މިސްކިތަށް ޖަމާޢަތަށް އައުމުގެ ބަދަލުގައި ގޭގައި ނަމާދުކުރާށެވެ!

މިފަދަ ދުވަސް ވަރެއްގައި ބަލި މީހުން، އެހެންއ މީހުން ބަލިން ސަލާމަތްކުރުމުގެ ގޮތުން ގޭގައި ނަމާދުކުރިނަމަވެސް އެމީހަކަށް ހަމަ މިސްކިތުގައި ނަމާދު ކުރުމުގެ ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ. އެކަމަސް އުންމީދުކުރާށެވެ! ﷲ ތަޢާލާ ސަވާބު ދެއްވަވަނީ މީހާގެ އިޚްލާޞްތެރިކަމާއި ނިޔަތުގެ މައްޗަށެވެ!

ނަމަވެސް ރޯގާ ނުޖެހި ހުން ނައިސް ސަލާމަތް ޞިއްހަތުގައި ތިބޭ މީހުންނަށް އޮތީ މިސްކިތުގެ ޖަމާއަތަށް ދިއުމެވެ.

ދުވާވަހުން އެހެން މީހުންނަށް އުނދަގޫވެދާނެ ކަމަށްޓަކައި ފިޔަ އާއި ލޮނުމިދު ކައިގެން ތިބޭ މީހުންނަށް ވެސް ޙަދީޘްފުޅުގައި އޮތީ ޖަމާއަތަށް ނައިސް ގޭގައި ނަމާދުކުރަން ހުއްދަ ދެއްވަވައިފައެވެ. ވީއިރު ނުރައްކައުތެރި ބަލިމަޑުކަމަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި ޖަމާއަތަށް ނައުމުގެ މަތިވެރިކަމަސް ވިސްނާށެވެ.

މީގެ އިތުރުން ގައިން ގައަށް އަރާ ބައްޔެއް ހުރިނަމަ ޞިއްހަތު ސަލާމަތުން ތިބޭ މީސްތަކުންނާއި މަސްހުނި ނުވުމަށް ރަސޫލް (ޞޢވ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ.

Abu Salamah reported: The Messenger of Allah, peace and blessings be upon him, said,

“There is no infection (without the decree of Allah). Do not mix the sick with the healthy.”

Source: Ṣaḥīḥ Muslim 4124 Grade: Sahih (authentic) according to Muslim

Al-Nawawi said, “As for the statement ‘do not mix the sick with the healthy,’ it guides to avoidance of what results in harm, as per the consistent action of Allah and his decree.”

Source: Sharḥ al-Nawawī ‘alá Ṣaḥīḥ Muslim 2220

--ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން

މިއަދު އޮންލައިން