ފަތިސް ނަމާދު ނުކޮށް މެންދުރުވަންދެން ނިދަން އޮވެފަ ތެދުވެ ރިޒްޤަށް އެދެން ލަދުވެސް ނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަތިސް ނަމާދު ނުކޮށް މެންދުރުވަންދެން ނިދަން އޮވެފަ ތެދުވެ ރިޒްޤަށް އެދެން ލަދުވެސް ނުގަންނަނީ ހެއްޔެވެ؟

ދޫނިސޫފާސުފިތަކާ ވަލުޖަނަވާރުވެސް ފަތިހު ހޭލައެވެ. ފަތިސްވުމުން ހާލައި ނަމާދުނުކޮށް އިރުމެދުޖެހެންދެން ނިދަންތިބެން އިންސާނުން ލަދުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެތަކެތި ފަތިހު ތެދުވެ ރިޒްޤް ހޯދަން މަސައްކަތްފަށާއިރު މެންދުރުވަންދެން ނިދަން އޮވެފައި ތެދުވެ ރިޒްޤަށް އެދެން ވެސް ހަމަ ލަދު ނުގަންނަނީ ހެއްޔެވެ؟

މީސްތަކުންނޭވެ! ތިމާއަކީ ދިރިއުލެން ނޯކަރުން ލައިގެން އަމިއްލަ މަސައްކަތްތައް ހިންގާ މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ތިމާ ފަތިހު ތެދުވެ ފަތިސް ނަމާދުނުކޮށް މެންދުރުވަންދެން ނިދަން އޮންނަން ހުއްދަ ލިބޭ ކަމެއް ނޫނެވެ!

ހުރިހާ ނޯކަރުން ފަތިހު ހޭލައި ނަމާދުކުރިނަމަވެސް ތިބާ ނަމާދު ނުކުރާ ހައި ހިނދަކު ތިބާގެ ނަމާދު އޮންނާނީ ދަރަންޏަކަށެވެ. ތިބާއަށް އެހުރެވެނީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގައެވެ. ފާފަވެރިވާ ޙާލުގައެވެ. ވީއިރު އެހާލަތުގައި ހުރެ ﷲ ތަޢާލާގެ ޙަޟްރަތުން ރިޒުޤަށާއި ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ދެއްވެވުމަށް އެދުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

އާޚިރަތް ދުވަހާއިމެދު ޣާފިލުވެ މިފަދަ ނުބައި އާދަތަކުގައި ދިރިއުޅެމުންދާ މީހުން ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙުކުރާށެވެ! ﷲ ތަޢާލާ އަށް ފުރިހަމައަށް ކިޔަމަންތެރިވެ އެކަލާނގެ އަނގަވާފައިވާ މަގުން ރިޒުޤް ހޯދަން މަސައްކަތްކުރާށެވެ! ފަތިސް ނުވެ މެންދުރުވާ މީހުންނަކީ ﷲ ތަޢާލާއަސް ކިޔަމަންތެރިވާ ބައެއް ނޫނެވެ! ވީމާ ފުރަތަމަ ކަމަކަށްވެސް ތިމާ އިޞްލާޙްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން