މީސްތަކުންގެތެރެއިން ޢާއްމުކޮށް ސިޙުރު ހަދުވާ އުޅެނީ މީހަކަށް ލިބިފައިވާ ނިޢުމަތަކާއިމެދު ޙަސަދަވެރިވެގެންނެވެ.
ޙަސަދަވެރިވުމަކީ ނުބައިކަންބޮޑު ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦۖ
ނުވަތަ، ﷲ ގެ ފަޟްލް ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ހަސަދަވެރިވަނީ ހެއްޔެވެ؟ 4:54
عن أبي هريرة رضي الله عنه، أن انبي صلى الله عليه وسلم قال: "إياكم والحسد، فإن الحسد يأكل الحسنات كما تأكل النار الحطب، أو قال: العشب" ( رواه أبو داود)
މާނައީ: "މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެ ކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން، ރަސޫލުﷲ (ޞޢވ) ޙަދީޘް ކުރެއްވިއެވެ.
{ތިއަބައިމީހުން ޙަސަދަވެރިކަމާ ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން، އަލިފާނުން ދަރު އަންދާފަދައިން ޙަސަދަވެރިކަން ހެޔޮކަންތައް ނެތިކޮށްލައެވެ.} "
MV RUQYA SUPPORT