މިސްކިތްތައް ވީރާނާ ކުރުމުގެ ބަދަލުގަ ދިރުވަންވީ ގޮތުގެ ވަރަށް ފުރިހަމަ މިސާލެއް ފުވައްމުލަކު ސިޓީން ދައްކައިދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މިސްކިތްތައް ވީރާނާ ކުރުމުގެ ބަދަލުގަ ދިރުވަންވީ ގޮތުގެ ވަރަށް ފުރިހަމަ މިސާލެއް ފުވައްމުލަކު ސިޓީން ދައްކައިދީފި!

ފުރުޞަތެއް ލިބުމުން ކޮރޯނާ ވައިރަސް ބަހަނާއަކަށް ދައްކައި މިސްކިތްތައް ވީރާނާ ކުރުމުގެ ރޫޙެއް ރާއްޖޭގައި އުފައްދަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަމަށް ބެލެވިފައިވާ ވަގުތެއްގައި ފުވައްމުލަކު ސިޓީން މިސްކިތް ދިރުވައި އާލާ ކުރަންވީ ގޮތުގެ ވަރަށް ފުރިހަމަ މިސާލެއް ދައްކައިދީފިއެވެ. 

އެގޮތުން ފުވައްމުލަކު ސިޓީން ވަނީ އެ ސިޓީގެ ހުރިހާ މިސްކިތްތަކެއްވެސް ކޮންމެ ނަމާދަކަށް ބަންގި ގޮވުމުގެ ބައިގަޑިއިރު ކުރިން ޑިސްއިންފެކްޓްކުރަން ފަށައިފައެވެ.

މިސްކިތްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިގޮތަށް ފަށާފައިމިވަނީ، ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވުމާއެކު ބަލިން ރައްކާތެރިވެތިބުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ އަރިދަފުސް ރޯގާ ނުވަތަ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ހުރިނަމަ އެމީހަކު އަދި މުސްކުޅިންނާއި ކުޑަކުދިން މިދުވަސްކޮޅު މިސްކިތަށް ނައިސް ގޭގައި ނަމާދުކުރުމަށާއި ނަމަވެސް އެފަދަ މައްސަލައެއް ނެތް ނަމަ މިސްކިތުގެ ޖަމާޢަތަށް އައުމަށެވެ.

 

 

މިއަދު އޮންލައިން