ދުޢާކުރަން މިދުވަސް އައިއިރު ދުޢާކުރަން އަތް އުފުލައިލެވެން ތިބީ ކިތައް މީހުންނަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުޢާކުރަން މިދުވަސް އައިއިރު ދުޢާކުރަން އަތް އުފުލައިލެވެން ތިބީ ކިތައް މީހުންނަށް ހެއްޔެވެ؟

މުޅި ދުނިޔެއަށް ބޮޑު ބިރުވެރިކަމަސްވެފައިވާ ކޮރޯނާ ވައިރަސްގެ ވަބާ މިވަނީ ރާއްޖެ އާއި ހަމައަށްވެސް އައިސްފައެވެ. ދިވެހިރާއްޖޭގެ ޖައްވުގައިވެސް މިއަދު އެ ވައިރަސް އެބައުޅެއެވެ. މާދަމާވެސް ތިމާއަށް މެދުވެރިވާނެ ގޮތެއް އެނގެނީ އެއް ނޫނެވެ. 

މިފަދަ ބޮޑު ބިރުވެރިކަމުގައި ތިބިއިރު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލަންވީ ތިމާ މިހުރީ މި ބޮޑު ނުރައްކަލުން ސަލާމަތްކޮށްދެއްވެވުން އެދި އަތް އުފުލައި ލެވިދާނެ ހާލަތުގައި ކަމާއިމެދުގައެވެ.  މިހެން ބުނަން ޖެހުނު 2 ސަބަބެއް އެބަ އޮތެވެ! 

ފުރަތަމަ ސަބަބަކީ ނިމިގެން މިދިއަ އިންތިޚާބުތަކެވެ. އެ އިންތިޚާބުތަކާއި ގުޅިގެން ބެހި ރިޝްވަތުގެ ފައިސާ އެތެރެނުވާ ގޮހޮރެއް ލިބިފައި ވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބޭނުންކުރީ ހަދިޔާއެއް ނޫނެވެ. ރިޝްވަތެވެ! އެ ރިޝްވަތު ވަނީ ތިމާގެ ލެޔާއި ގުޅިފައެވެ. 

ދެވަނަ ސަބަބަކީ ރަހުނު ބަހައްޓަން ނުޖެހުނު ނަމަވެސް ކިތަންމެ ލުއި ނަމަވެސް ރިބާ ހިމެނޭ ލޯނެއް ނަގާފައި ނުވަނީ ކިތައް މީހުން ހެއްޔެވެ؟ ރިބާ އާއި ރިޝްވަތު ހިމެނޭ މުޢާމަލާތުތައް ނުކުރަނީ ކިތައް މީހުން ހެއްޔެވެ؟ 

ކޮރޯނާ ވައިރަސްގެ ސަބަބުން ނަމަވެސް މިލިބުނީ ވަރަށް ރަނގަޅު ފުރުޞަތެކެވެ. ޢަމަލުތައް އިޞްލާޙް ކުރުމުގެ ފުރުޞަތެވެ! ހޭލުންތެރިވެ ތައުބާވުމުގެ ފުރުޞަތެވެ.! ކުރެވިފައިވާ މިފަދަ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް އެފަދަ ފާފައެއް ނުކުރަން ޢަޒުމް ކަނޑައެޅުމުގެ ފުރުޞަތެވެ! 

ވޯޓުތަކާއި ގުޅިގެން ރީޝްވަތު ނުހިފައި ﷲ ގެ މަގުގައި ސާބިތުވި މީހުންގެ ސާބިތުކަން ފާހަގަކޮށް ތަޢްރީފް ކުރަމެވެ. ދެއްވާ ހަދިޔާ ހިފައިގެން ދިއުމުން ނުހިފި މީހުން އެތިބީ ސަލާމަތުންނެވެ. ބަލައިދާން ބުނުމުން ﷲ އަށް ބިރުވެތިވެ ނުދިއަ މީހުންވެސް އެ ތިބީ ސަލާމަތުންނެވެ! އިން ޝާ ﷲ

މިއަދު އޮންލައިން