ފަރުޟް 5 ނަމާދަށާ ދުޢާ ކުރުމަށާ ދީނީ ކަންކަމަށް އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފަރުޟް 5 ނަމާދަށާ ދުޢާ ކުރުމަށާ ދީނީ ކަންކަމަށް އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި

ފަރުޟް 5 ނަމާދު ޤާއިމުކުރުމަށާއި ދުޢާ ކުރުމަށާއި ދީނީ ކަންކަމަށް (ވީހައި ގިނައިން އަޅުކަން ކުރުމަށް) އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

"ކޮންމެ ބޭފުޅަކުވެސް ފަރުޟު 5 ނަމާދު ޤާއިމުކުރައްވައި، ދީނީ ކަންކަމަށް އިސްކަން ދެއްވައި، ޞިއްހީ ދާއިރާތަކުން އަންގާ ގޮތަށް ޢަމަލުތައް ބަހައްޓަވައި، މިނުރައްކާތެރި ވަބާއިން ރައްކާތެރިކަން ދެއްވެވުން އެދި ﷲ ސުބްހާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އިބްތިހާލްވެ ދުޢާ ކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ."

އިސްލާމިކް މިނިސްޓްރީން މިފަދައިން އިލްތިމާސްކޮށްފައިވަނީ ރަށްރަށުގައި ތަކްބީރު ކިޔަމުން ހިނގުން ފަދަ ކަންކަން ނުކުރުމަށް އެދި އިއްޔެ ޢާންމުކުރި އިއުލާނުގައެވެ. އެއިއުލާނުގައި ބުނެފައިވަނީ އެއީ ސުންނަތުން ސާބިތުވާ ކަންކަން ނޫން ކަމަށާއި އެފަދަ ކަންކަމަށް ވެސް ގިނަ މީހުން އެއްވެ އުޅުމަކީ އޮތް ކަންބޮޑުވުމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ މިސްކިތްތަކުގައި ދަރުސް ދިނުން ވެސް ވަގުތީ ގޮތުން ހުއްތާލަން އެދިފައެވެ.

މިއަދު އޮންލައިން