"އުންމީދަކި އަދި ދުޢާއަކިވެސް ތިއަހެން ވުން. އެކަމަކު މި އަދުގެ ސަރުކާރުން #ލާދީނީ ކަންކަމަށް ފަހަތު ފިޔަވަޅު ގިނަކަން އެއީ ހަގީގަތެއް. އެހެން ކަންވަމުންދާނަމަ ހިތި ބޭސް ބޯންޖެހޭނެ. ނަބިއްޔާއަށް ފުރައްސާރަކުރުމަކީ މިއަދު ކުޑަކަމަކަށް މި ގައުމުގައި ވެފައި ވާތީ ހިތާމަކުރަން."
މިއީ "ކޮވިޑް 19 އަށް އިން ޝާ ﷲ ރާއްޖޭގަ ޖާގަ އެއް ނެތް" ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވުމުން ހަމްޒާ ކިޔާ ބޭފުޅަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ރާއްޖޭގައި އިސްލާމް ދީނާއި ފައުޅުގައި ދެކޮޅު ހަދާ މީހުންނާއިމެދު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅުތަކެއް ހުރި ނަމަވެސް ފަހަކަށް އައިސް އެ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިވަނީ މަދު ފަހަރަކުއެވެ. އަދި އިސްލާމް ދީނާއި ދެކޮޅަށް ހަރަކާތްތެރިވާ އެމްޑީއެން ފަދަ ޖަމިއްޔާތަކުގެ އިސް މެންބަރުން ސަރުކާރުގެ ޒިންމާދާރު އިސް މަޤާމުތަކުގައި އެކި ނަންނަމުގައި ތިބިކަންވެސް ފާހަގަކުރެވެއެވެ.