ކޮރޯނާވައިރަސް، ނުވަތަ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮރޯނާވައިރަސް އާއި ބެހޭ ސަރުކާރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ގެ އަމިއްލަ ކެފޭ މެރާކީ ކޮފީ ރޯސްޓާޒް ވެސް ބަންދުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ސަރުކާރު ބަންދުކުރަނީ، ކޮފީތަކަށާއި މޫދު ފަދަ ތަންތަނަށް އާންމުން ދިޔުމަށް ނޫން ކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވިތާ މާގިނައިރެއް ނުވެ، މެރާކީ ކޮފީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޖެހި ނޯޓިސްއެއްގައި ބުނީ މިރޭ 9:00 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެ ކެފޭ ބަންދުކޮށްފައިވާ ކަމަށާއިމިނިންމުން ނިންމީ، ކޮރޯނާވައިރަސް ފެތުރިގެން ނުދިޔުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިކަމާ ގުޅިގެން، ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭކަމަށް ވެސް ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުންވަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައެވެ.