ތިމާއަށް ކުރެވޭ އަޅުކަމުގެ އިތުރުން "ޕްލަސް" ހޯދާމީހަކަށްވެ، މަދުވާނެ ދުވަހަށް ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިމާއަށް ކުރެވޭ އަޅުކަމުގެ އިތުރުން "ޕްލަސް" ހޯދާމީހަކަށްވެ، މަދުވާނެ ދުވަހަށް ގިނަކުރާށެވެ!

ރަޙްމަތްތެރިންނާއި ބައްދަލުވުމުން ޙާލު އަހަމުއެވެ. އެއިގެ އިތުރުން ނަމާދުވަގުތެއް ނަމަ ނަމާދުކޮށްފިންތޯވެސް އަހާށެވެ! ޖަމާއަތަށް ނަމާދަށް ދިއުމަށް ދައުވަތު ދޭށެވެ! ތިބާގެ ސަބަބުން މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ ތިބާއަށްވެސް އެކަމުން ސަވާބު ދެއްވަވާނެތެވެ! އެއީ މަދުވާނެ ދުވަހަށް ހޯދޭ އިތުރު "ޕްލަސް"އެއް ނޫން ހެއްޔެވެ؟ 

ރައްޓެއްސަކާއި ފޯނުން ވާހަކަ ދައްކަން ހުއްޓައި ނަމާދު ވަގުތު ވެގެން ނަމާދަށް އަރަމުން ތިމާ ނަމާދަށް އަރާވާހަކަ ބުނަން ޖެހިލުން ނުވާށެވެ! އެވާހަކަ ބުނަންވީ ދެއްކުންތެރިކަމުގެ ނިޔަތަކު ނޫނެވެ. އޭނާއަށް ވެސް ނަމާދުކުރަން ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި އޭނާއަށް ނަމާދަށް އަރަން ދައުވަތުވެސް ދޭށެވެ.  

މުސްލިމުންގެ މެދުގައި މިއަދު އެންމެ ބޮޑަށް ގެއްލިފައި މިވަނީ ނަމާދުކުރުމުގެ ރޫޙެވެ. ހުރިހާ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން މިދަނީ ނަމާދުކުރުމުގެ ރޫޙު ނެތުމުންނެވެ. ނަމާދާއި ދުރުހެލިވެވޭތީއެވެ! އެކަން އިޞްލާޙްކުރަން އެންމެން އެކުގައި މިވަނީ ގަދައަޅައި މަސައްކަތްކުރަން ޖެހިފައެވެ.  

ދީނުގެ އަސާސްތަކުގެ ވާހަކަ ދެއްކުމަކީ ހަމައެކަނި ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ނުދެކޭށެވެ! އެއީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. ދީނީ ޢިލްމުވެރިން އެބޭކަލުންގެ ވާޖިބު އަދާކުރައްވާނެއެވެ. ދީނުގެ ޙުކުމްތައް އޮޅުން ފިލުވައި ދެއްވާނެއެވެ. ފަރުޟާއި ވާޖިބުތައް އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ ކުރަން އޮތް ކަމަކީ ހަމައެކަނި ހަނދާންކޮށްދިނުމެވެ. ދީނަކީ ނަޞޭޙަތެވެ. ނަޞޭޙަތަކީ ހަނދާންކޮށްދިނުމެވެ. އެއީ ހަމަ އެންމެންނަށްވެސް ކުރެވޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން