ކޮރޯނާ ވައިރަހާ ގުޅިގެން މަޖިލިސް ހުއްޓާލާ, މުވައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފި!

ކިޔުމަށް ހޭދަވާނީ 42ސ
ކޮރޯނާ ވައިރަހާ ގުޅިގެން މަޖިލިސް ހުއްޓާލާ, މުވައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފި!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް- 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް ހުއްޓާލައި، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

މަޖްލިސްގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ވަގުތެއްގައި ގާނޫނީ ޒިއްމާ އަދާކުރުމުގައި މަޖިލިސް ދެމިއޮންނާނެކަމަށާއި މިވަގުތު "މަޖްލިސް ބަންދު" ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރަށް ބޭނުންވާ ގާނޫނީ އެހީ ދިނުމުގައި ރައްޔިތުންގެ މަޖްލިސް ދެމި އޮންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާލަތުގައި މިޖިލިސްގެ މުވައްޒިފުން މަސައްކަތް ކުރައްވާނީ ގޭގައި ކަމަށާއި ނަމަވެސް ކޮންމެ ވަގުތެއްގައިވެސް މަޖިލިސް މަސައްކަތައް ނިކުމެވަޑައިގަންނަވަން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން