ރައީސް، ނައިބު ރައީސް އަދި މެމްބަރުންގެ މުސާރަ ދެ މަސް ދުވަހަށް ކުޑަކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައީސް، ނައިބު ރައީސް އަދި މެމްބަރުންގެ މުސާރަ ދެ މަސް ދުވަހަށް ކުޑަކޮށްފި!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި، ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމެވީ، ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި ނައިބު ރައީސްގެ މުސާރަ އަދި މަޖިލިސް މެމްބަރުންގެ މުސާރައިގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިގެ 20 އިންސައްތަ ދެ މަސް ދުވަހަށް އުނި ކުރުމަށެވެ.

މާލިއްޔަތު ކޮމިޓީގެ މިނިންމުން ފާސްކޮށްދައިވަނީ، އެކަމަށްޓަކައި މިއަދު މަޖިލިހުގައި ނެގި ވޯޓުަގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން