ގޭގަ ތިބެގެން ނަމާދުކުރުމުން ޘަވާބު މަދުވެދާނެ ކަމަށް ޖެހިލުން ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ގޭގަ ތިބެގެން ނަމާދުކުރުމުން ޘަވާބު މަދުވެދާނެ ކަމަށް ޖެހިލުން ނުވާށެވެ!

ގޭގައި ތިބެގެން ނަމާދުކުރަން ޖެހުމުން ﷲ ދެއްވަވާ ޘަވާބު މަދުވެދާނެ ކަމަށް ހީކޮށް ޖެހިލުން ނުވާށެވެ! ތިބާއަކީ ފިރިހެނަކަށްވެފައި ޖަމާޢަތަށް މިސްކިތަށް ނުދެވުނު ނަމަ އެކަން މެދުވެރިވި ސަބަބު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ތިބޭ ގޭގައި ކުރާ ނަމާދުގެ ޘަވާބުން އެއްވެސް މިންވަރެއް އުނި ކުރައްވަވާނެ ކަމަށް ދެކެގެން ނުވާނެއެވެ. 

އެކަމަށް ދަލީލު ލިބެނީ މި އާޔަތުންނެވެ! 

"ﷲ، (އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ޘަވާބް) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ." 

ބަންގި ގޮވުމާއިއެކު ގޭގައި ތިބެގެން ނަމަވެސް އޮފީހުގައި ނަމަވެސް ނަމާދުކުރަން އަވަސްވެގަންނާށެވެ. ތިބާ މިސްކިތުގެ ޖަމާއަތަށް ގޮސް ނަމާދުކުރުމުން ދެއްވަވާވަރަށް ޘަވާބު ދެއްވަވާނެކަމަށް އުންމީދުކުރާށެވެ! އެހެނީ ތިބާ މިސްކިތަށް ނުދިއައީ މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރާތީކަން ﷲ ތައާލާ ދެކެދެނެވޮޑިގެންވެއެވެ. 

ހަމައެކަނި ތިބާއެއް ނޫނެވެ. ތިބާގެ ބެލެނިވެރިކަމުގައި ތިބި އެންމެން ލައްވައިވެސް ނަމާދުކުރުވާށެވެ! ޖަމާޢަތް ހެދެން ޖާގަހުރި ގޭގޭގައި ޖަމާއަތުގައި ކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން