ޙައްޖުވުމަށް ކުރާ އުންމީދު ދޫކޮށްނުލާށެވެ! ޙައްޖުވެވޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޙައްޖުވުމަށް ކުރާ އުންމީދު ދޫކޮށްނުލާށެވެ! ޙައްޖުވެވޭނެއެވެ! އިން ޝާ ﷲ

ބައެއް މީޙުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި ވަނީ ޙައްޖުވުމެވެ! ދެން ޙައްޖުވެވިދާނެ ކަމާއިމެދުގައެވެ. އެފަދަ މީޙުންނަށް ބުނެލަން އޮތީ ޙައްޖުވުމަށް ކުރާ އުންމީދު ދޫކޮށްނުލާށެވެ! ޙައްޖުވެވޭނެއެވެ! އިން ޝާ ﷲ

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. 

"ހަމަކަށަވަރުން ޔާޖޫޖް ވަމާޖޫޖް ނުކުންނަފަހުން ގެފުޅަށް ގޮސް ޙައްޖާއި ޢުމުރާ ކުރާނެތެވެ. އަދި އިތުރު ރިވާޔަތެއްގައިވެއެވެ. "ގެފުޅަށް ގޮސް ޙައްޖުކުރުން ހުއްޓުމަކަށްދާންދެން ޤިޔާމަތް ނުވާހުއްޓެވެ." (ޞަޙީޙް ބުޚާރީ: 1593) 

މިއަހަރު ޙައްޖުވުމަށް އުންމީދުކޮށްގެން ތިބި މީހުންވެސް އަދި އުންމީދު ނަގައިނުލާށށެވެ! ޙާލަތު ބަދަލުވާނެ ކަމަށް އުންމީދުކުރާށެވެ! 

ޙައްޖަށް ދިއުމަކީ ކުޅަދާނަކަން ލިބިގެންވާ މީހާ ކުރަން ޖެހޭ ކަމެކެވެ. ޙައްޖުވުމަށް އެމީހަކު ކުރަން ޖެހޭ ކަންކަން ކޮށްގެން ހުއްޓައި އެމީހާޖެ ޖޮންޓްރޯލެއް ނެތް ޙާލަތުގައި މެދުވެރިވާ ޙާލަތެއްގެ ސަބަބުން ޙައްޖު ނުވެވިއްޖެ އެކަން ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. މާޔޫސްނުވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން