މާލެ ސިޓީގަ މާދަމާ ހުކުރު ނަމާދެއް ނުކުރާނެ! ގޭގަ މެންދުރު ނަމާދު ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މާލެ ސިޓީގަ މާދަމާ ހުކުރު ނަމާދެއް ނުކުރާނެ! ގޭގަ މެންދުރު ނަމާދު ކުރައްވާ!

ކޮރޯނާ ވައިރަސް ފެތުރެމުންދާ ހާލަތަށް ބަލައި އެޗްޕީއޭ އިން އެދިގެން އިސްލާމިކް މިނިސްޓްރީން މާދަމާގެ ހުކުރު ނަމާދު މާލެ ސިޓީގެ އެއްވެސް މިސްކިތެއްގައި ނުކުރާ ގޮތަށް ހަމަޖައްސާފައި އޮތުމުން ހުޅުމާލެ އާއި ވިލިމާލެ ވެސް ހިމެނޭ ގޮތުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އޮތީ ގޭގައި މެންދުރު ނަމާދުކުރުމެވެ.  

ހުކުރު ދުވަހު ނަމަވެސް ގޭގައި ކުރަނީ މެންދުރު ނަމާދުކަމަށްވުމުން މެންދުރު ނަމާދުގެ ކުރިން ކުރާ ރަވާތިބު ސުންނަތުގެ 4 ރަކްޢަތާއި ފަހުން ކުރާ 2 ރަކްޢަތް ކުރުން ވެސް މޮޅު އިތުރުވެގެންވެއެވެ.  

ޕީއެސްއެމުން މާދަމާ ލައިވްކުރާނީ ހިންމަފުށީ މިސްކިތުގައި ކުރާ ހުކުރު ނަމާދެވެ. މިކަމުގެ އިންތިޒާމުތައް ހަމަ ޖައްސާފައިވަނީ ޕީއެސްއެމާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

 

މިއަދު އޮންލައިން