ބެންގަލޫރު ފްލައިޓުން އައި މީހުން ފުރަންޖެހޭ ފޯމެއް ނުލިބިގެން 40 ދިވެހިން ރާއްޖޭ އެއާޕޯޓުގަ ތާށިވެފަ ތިބޭތާ 3 ގަޑިއިރުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ބެންގަލޫރު ފްލައިޓުން އައި މީހުން ފުރަންޖެހޭ ފޯމެއް ނުލިބިގެން 40 ދިވެހިން ރާއްޖޭ އެއާޕޯޓުގަ ތާށިވެފަ ތިބޭތާ 3 ގަޑިއިރުވަނީ!

ބެންގަލޫރުން އައިސް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓުން އައި 40 ވަރަކަށް ދިވެހިން ފުރަން ޖެހޭ ފޯމެއް ނުލިބިގެނއެއާޕޯޓުގައި ތާށިވެފައި ތިބޭތާ 3 ގަޑިއިރުވާން ކައިރިވެފައިވާ ކަމަށް މައުލުމާތު ލިބިއްޖެއެވެ. 

"މިއަދު އައީ 48 ދިވެހިންވަރު.  ރެއިން ފެށިގެން ފުރަންޖެހޭ ޚާއްޞަ ފޯމް ހުސްވެއްޖެ 6 ވަރަކަށް ފުރާއިރަށް! ދެން ބާކީ ތިބި މީހުން މިތިބެނީ މިތާ މަޑުކޮށްގެން. އަޅުގަނޑުމެން މިހާލުގައި ތިބިކަން އެނގިވަޑައިގަންވައިގެން މިނިސްޓަރު ޢަލީ ވަޙީދުވެސް މިތަނަށް ވަޑައިގެން އަޅުގަނޑުމެންގެ ޙާލު ބައްލާލައްވައިފި." ކަމަށް އެއާޕޯޓުގައި ހުރި މީހަކު ބުނެފައިވެއެވެ. 

މައުލޫމާތު ލިބުނު ގޮތުގައި ތާށިވެފައި ތިބި މީހުންގެ ތެރޭގައި މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

މިއަދު އޮންލައިން