ކޮރޯނާ ވައިރަސް އާ ގުޅިގެން ގޭގަމަޑުކުރަން ލިބޭ ފުރުޞަތުގަ ދަރިން ލައްވައި ނަމާދުކުރުވައި ޤުރްއާން ކިޔަވަން އާދާކުރުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޮރޯނާ ވައިރަސް އާ ގުޅިގެން ގޭގަމަޑުކުރަން ލިބޭ ފުރުޞަތުގަ ދަރިން ލައްވައި ނަމާދުކުރުވައި ޤުރްއާން ކިޔަވަން އާދާކުރުވަމާ!

ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިއަ އެތައް ޢާއިލާއަކަށް ވަނީ ޢާއިލާ އެކުގައި ވަގުތު ހޭދަކޮށްލާނެ ފުރުޞަތެއް ނުލިބި އެތައް އަހަރެއް ފާއިތުވެފައެވެ. ލިބޭ މުސާރަ ކުޑަކަމުން ޗުއްޓީ ނުވަތަ ބަންދު ދުވަސްތަކުގައިވެސް މަސައްކަތްކުރަން ޖެހޭ މީހުން ހަމަ ބައިވަރެވެ. ވީމާ ދަރިންނާއި އަޅައިލަން ޖެހޭ މިންވަރަށް އަޅައި ނުލެވޭ ޢާއިލާތައް އެބަ ތިއްބެވެ.

ކޮންމެއަކަސް ކޮރޯނާ ވައިރަސް މިއަދު މިވަނީ ޙާލަތު ބަދަލުކުރުވައިފައެވެ. ޢާއިލާތައް އެކުގައި ގޭގައި މަޑުކުރަން ޖެހުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. 

މިއީ އެފުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަންވީ ވަގުތެވެ. ފުރަތަމަ ކަމެއްގެ ގޮތުން ދަރިންނާއިއެކު ގޭގައި ނަމާދުކުރާށެވެ! ފުރަތަމަ ބައްޕަ ވުޟޫކުރާށެވެ! ބައްޕަ ވުޟޫކޮށްފިކަން ދަރިންނަށް އަންގާފައި ވުޟޫ ކުރަން ބުނުމުން ދަރިން ވުޟޫކުރަން ވަރަށް ބާރަށް ދާނެއެވެ. ބައްޕަގެ ފަހަތުގައި ނަމާދުކުރަން ބޭނުން ނުވާނެ ދަރިއަކު ނުހުންނާނެތީއެވެ! 

ހަމަ އެފަދައިން ކުދިން ލައްވައި ޤުރްއާން ކިޔުއްވާށެވެ! މައިން ބަފައިންނަށް ތަޖްވީދު މަގުން ކިޔަވަން ނުއެނގުމަކީވެސް މައްސަލައެއް ނޫނެވެ. ކޮށްލަން ޖެހޭނެ ކަމަކީ ކުދިން އެންމެ "ލައިކްވާ" ޤާރީގެ ވީޑިއޯ ރެކޯޑިންގ އަޑުއެހޭނެ ގޮތް ފަހިކޮށްދިނުމެވެ. އަދި އެކަމުގައި ދަރިފުޅާއިއެކު މައިން ބަފައިންވެސް ބައިވެރިވުމެވެ.  

"ދަރިފުޅާ ޤުރްއާން އަޑުއަހާށެވެ!" ބުނެފައި މައިންބަފައިން ހަމަ އެކުދިން ވެސް ޝައުޤުވެރިވާ ފިލްމްތައް ބަލައި ގޭމް ކުޅުން ފަދަ ކަންކަން ނުކުރާށެވެ! ކޮންމެ ކަމެއްގައިވެސް މައިން ބަފައިން ވާނީ ނަމޫނާ ދައްކައިދޭށެވެ! ވީމާ ކޮންމެ ގޮތަކުން ނަމަވެސް ލިބިފައިވާ މިފުރުޞަތަކީ ދަރިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުވުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމުގައި ދެކޭށެވެ.  

 

 

 

 

މިއަދު އޮންލައިން