އެކަހެރިވާން އެންގުމުން ކިޔަމަންތެރި ނުވުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެކަހެރިވާން އެންގުމުން ކިޔަމަންތެރި ނުވުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފް ކަމެއް!

ކޮރޯނާ ވައިރަސް ހުރެގެން ނަމަވެސް، ޓެސްޓް ކުރުމުގެ މަރުޙަލާގައި ނަމަވެސް ޞިއްހީ އިދާރާއަކުން އެކަހެރިވާން އެންގުމުން އެކަމަށް ކިޔަމަންނުވެ މީސްތަކުންގެ ތެރެއަށް ނުކުމެ އުޅޭނަމަ އެމީހަކަށް އެ ޢަމަލުކުރެވެނީ އިސްލާމް ދީނުގެ އުޞޫލުތަކާއި ޚިލާފަށެވެ. 

ބަލިމަޑުކަމެއް ފެތުރުން ފަދަ ކަންކަމުގައި ރައްޔިތުންގެ ސަލާމަތަށްޓަކައި ވެރިކަމުގެ ފަރާތުން ކުރާ އަމުރުތަކަށް ކިޔަމަންތެރިވުމަކީ އިސްލާމް ދީނުގައި ޢަމަލުކުރަން އޮތް އުޞޫލެވެ. ވީމާ ބައްޔަށް ޓެސްޓްކުރަމުން ގެންދާ މަރުހަލާއަކީ އަދި ބަލީގެ ޢަލާމާތްތައް އެމީހެއްގެ ކިބައިން ފެނިދާނެ ކަމަށް ޑޮކްޓަރުން ލަފާކުރާ މުއްދަތުގައި ޑޮކްޓަރުން އަންގާ އެންގުންތަކަށް ޢަމަލުކުރަން ޖެހޭނެއެވެ. ވީމާ ތިމާގެ ސަބަބުން އެހެން މީހަކަށް ބައްޔެއް އަރައިފާނެ ކަމުގެ ބިރު އޮތް ނަމަ މީސްތަކުންގެ ތެރެއަށް ނުކުމެ އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. 

ސަރުކާރު ބަންދުކޮށް ގޭގައި މަޑުކުރަން ވެރިކަމުގެ ފަރާތުން އެންގުމުން އޮތީ ޢަމަލުކުރުމެވެ. މިސްކިތްތަކަށް ނުދާން އެންގުމުން ގޭގައި ނަމާދުކުރެވޭނެ އެއްވެސް ގޮތެއް އޮއްވައި މިސްކިތްތަކަށް ދިއުމެއް ނެތެވެ. ކަމެއްގައި ބޭރުގައި އުޅެން ޖެހިގެން އުޅެނިކޮށް ނަމާދު ވަގުތުވީ ނަމަވެސް މިވަގުތު އެދެވިގެންވަނީ ވަގުތަށްވުރެ ކުޑަތަންކޮޅެއް ލަސްވީނަމަވެސް ގެއަށް ދެވުމުން ވީހައި އަވަހަކަށް ނަމާދުކުރުމެވެ. އަވަސްކުރަންވީ ގެއަށް ދިއުމެވެ. 

ތިމާގެ ސަބަބުން އެހެން މީހަކަށް ބައްޔެއް ޖެހިދާނެ ކަމަށްޓަކައި ގައިން ގައަށް އަރާ ބައްޔެއް ޖެހިފައިވާ ނަމަ އެމީހަކު ޞިއްހަތު ރަނގަޅު، ހެޔޮޙާލުގައި ތިބި މީހުންނާއި އެކުވެ މަސްހުނިވެ އުޅުން ރަސޫލް (ޞޢވ) ވަނީ މަނާކުރައްވަވައިފައެވެ. 

- މައުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

އިސްލާމް ދީނުގައި ކަރަންޓީނު ކުރުމާއި ކަރަންޓީނަށް އަމަލުކުރުމުގެ މުހިންމުކަން ޑރ. މުޙައްމަދު ޠޯހިރުލްޤާދްރީގެ މި ވީޑިއޯއިން އަޑު އައްސަވައިލައްވާށެވެ!

https://www.facebook.com/Tahirulqadri/videos/200263584628225/

 

 

މިއަދު އޮންލައިން