ސީއެންބީސީއަށް އަށް މައުލޫމާތު ފެއްވަމުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ގެއްލުން ކުޑަ ނުކުރެވިއްޖެ ނަމަ ސަރުކާރަށް މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ 135 މިލިއަން ޑޮލަރުން ފެށިގެން 446 މިލިއަން ޑޮލަރާއި ހަމައަށް މަދުވެގެން ހިނގައިދާނެ ކަމަށެވެ.
މިއީ ގާތްގަނޑަކަށް ބައި ބިލިއަނެއްހައި ޑޮލަރެވެ. އެހެންކަމުން މިއަހަރަކީ މާލީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ އަހަރެއް ކަމަށް މިހާރުވެސް މިވަނީ ބެލެވިފައެވެ.
ފެބްރުވަރީ މަހުން ފެށިގެން ހިސާބުތަކަށް ބަލައި ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުން އެންމެ ބޮޑަށް ގެއްލުންވާނެ 2 ވަނަ ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
ރަމްޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމަށާއި އިމާމްވެ ތަރާވީޙް ނަމާދާއި ދަމު ނަމާދުކުރަން ބޭރުން ހާފިޡުން ގެނައުމަކީ އިސްރާފެއްކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ވީމާ ބައިބިލިއަން ޑޮލަރާއި ގާތްކުރާ އަދަކަށް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން ޚާރިޖީ ވަޒީރު ހާމަކުރައްވާފައި މިވަނީ މަޖިލީހުގެ ރައީސް އެ ވިދާޅުވި "އިސްރާފް" ނުކުރަނީހެވެ! ޢިބްރަތް ޙާޞިލުކުރެވޭނީ ވިސްނައި ފިކުރުކުރާ ބައަކަށެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވޭވަރާއި ގާތަށް ވަޤްފް ބިނާއަށް ފައިސާ ލިބެއެވެ. ޙާފިޡުން ގެންނަނީ ޢާންމުފަރާތްތަކުން ޚަރަދުކޮށްގެންނެވެ. އިސްލާމް ދީން މަތިވެރިކޮށް މީސްތަކުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުވުމަށް އެހީތެރިވެ ޚަރަދުކުރެވޭނެ ބައެއް ޒަކާތު ފަންޑުގައިވެސް ހުރެއެވެ. ވީމާ އެކަންކަމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރިނަމަވެސް އެއީ މަޖިލީހުން ބެހެން ޖެހޭ ކަމެއް ވެސް ނޫނެވެ.
Part I
— Badr' (@Badruddeen) March 19, 2020
If COVID-19 infects Maldives’ local population, predictions suggest 60% to 80% could be affected without Government intervention, says Foreign Affairs Minister @abdulla_shahid on @CNBC pic.twitter.com/dLACXeSpqD