2 ޙަރަމްފުޅުގެ ބޭރު ސަރަހައްދުގަ ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
2 ޙަރަމްފުޅުގެ ބޭރު ސަރަހައްދުގަ ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

މައްކާ އާއި މަދިނާގެ ޙަރަމްފުޅުގެ ބޭރު ސަރަހައްދުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް 2 ހަރަމްފުޅުގައި ނަމާދާއި ހުކުރު ނަމާދުކުރާނެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޙަރަމްފުޅުގެ ބޭރު ސަރަހައްދުތަކުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަމުން ގެންދާ ރައްކައުތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކަމަށާއި އެ އުޞޫލަށް މިއަދުން ފެށިގެން ޢަމަލުކުރާނެ ކަމަށެވެ.

އެހެންކަމުން ބެލެވެނީ ފަތިސް ނަމާދުން ފެށިގެން މިފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. ބޭރު ސަރަހައްދު ކަމަށް ބެލެވެނީ 2 ޙަރަމްފުޅުގެ ހިޔާކުރި ސަރަހައްދުން ބޭރުގައިވާ ސަރަޙައްދުތަކެވެ. މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ސައުދީގެ ހުރިހާ މިސްކިތްތަކެއްގައި ނަމާދާއި ހުކުރު ނަމާދުކުރުން ހުއްޓާލާފައިވާތީ މިއަދުގެ ހުކުރު ނަމާދަށް ގިނަ ބައަކު 2 ހަރަމްފުޅަށް ދާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.

މިއަދު އޮންލައިން