މިއަދަކީ ރާއްޖެ އާއި މުޅި އިސްލާމީ އުންމަތް ކަރުނައިން ފޯކޮށްލި ކަޅުކަން ގަދަ ކަޅު ހުކުރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މިއަދަކީ ރާއްޖެ އާއި މުޅި އިސްލާމީ އުންމަތް ކަރުނައިން ފޯކޮށްލި ކަޅުކަން ގަދަ ކަޅު ހުކުރެއް!

މިއަދަކީ ރާއްޖެއަށްވެސް އަދި މުޅި އިސްލާމީ އުންމަތަށްވެސް ކަޅުކަން ގަދަ ކަޅު ހުކުރެކެވެ. އެހެނީ ގިނަ އިސްލާމީ ޤައުމުތަކުގައި މިއަދުވަނީ ހުކުރު ނަމާދު ނުކުރެވިފައެވެ.  

އެއްވެސް މިސްކިތެއްގައި ހުކުރު ނަމާދު ނުކުރާ ކަމަށް ބެލެވޭ ޤައުމުތަކުގެ ތެރޭގައި ތުރުކީ، މިޞުރު، މެލޭސިޔާ، އުރުދުން، ލެބަނަން، އިރާޤް ފަދަ ޤައުމުތައް ހިމެނޭއިރު ސައުދީގައި ހުކުރު ކުރީ ހަމައެކަނި 2 ޙަރަމްފުޅުގައެވެ.  

ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސީޓީގައި ވެސް ހުކުރު ނަމާދެއް ނުކުރެއެވެ. މިކަން ރާއްޖޭގެ ތާރީޚުގައިވެސް ކަޅުއަކުރުން ލިޔެވިގެންދާނެއެވެ. ރާއްޖެ އިސްލާމްވެ މާލޭގައި ހުކުރު ނަމާދުކުރަން ފެށިފަހުން މިއަދު ނޫނީ މާލޭގައި ހުކުރު ނުކުރެވޭ ދުވަހެއް ދިއަކަން އެނގެން ނެތުމުންނެވެ.  

ހުކުރު ދުވަހު ކުރިއާލައި މިސްކިތަށް ގޮސް ކިޔަވަން ތިބޭ ބައެއް މީހުންނަށް މިއަދަކުވެސް ގެއަކު ނުތިބެވުނެވެ. މިސްކިތައްދިއައެވެ. އެއީ އެމީހުންގެ ލޭގެ ވިންދާއި ގުޅިފައިވާ ކަމެއްކަން ފެނިގެންދިއައެވެ.

ކުރިއަށް އޮތް ހަފްތާގެ ހޮނިހިރާއި ހަމައަށް މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތުމުން އަންނަ ހުކުރު ދުވަހަކުވެސް މާލެ ސިޓީގެ މިސްކިތްތަކުގައި ހުކުރު ނަމާދެއް ނުކުރާނެއެވެ.

 

މިއަދު އޮންލައިން