މާދަމާ ރޭ (އާދީއްތަ ވިލޭރޭ) މެންދަމު 12:00 އިން ފެށިގެން މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭ ގޮތަށް މާސިޓީގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި ޚިދުމަތް ދިނުން ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައެވެ.
ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި ޚިދުމަތް ދިނުން ބަންދުކުރި ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރަންޓްތަކަށް ދެވޭނެ ކަމަށާއި އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޭނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުން pic.twitter.com/26Zd9qDnK1
— HPA Maldives (@HPA_MV) March 20, 2020