ބަލި ޖެހިދާނެ ކަންކަމުން އަމިއްލަ ނަފްސް ސަލާމަތްކުރުމަކީ ﷲ ގެ އަމުރުފުޅެއް!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބަލި ޖެހިދާނެ ކަންކަމުން އަމިއްލަ ނަފްސް ސަލާމަތްކުރުމަކީ ﷲ ގެ އަމުރުފުޅެއް!: ޝައިޚް އާދަމް ނިޝާން

ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ "ތިއަބައިމީހުންގެ އަމިއްލަ އަތްތަކުން ތިއަބައިމީހުންގެ ނަފްސްތައް ހަލާކުގެ ތެރެއަށް އެއްލައި ނުލުމަށެވެ." ވީމާ ޞިއްޙީ ގޮތުން މިހާރު ކުރިމަތިވެފައިވާ ފަދަ މައްސަލަތައް ކުރިމަތިވުމުން ބަލި ޖެހިދާނެ އެންމެހައި ކަންތައްތަކުން ކޮންމެ މީހަކުވެސް ދުރުހެލިވާން ޖެހޭނެއެވެ. 

ގައިން ގައަށް އަރާބައްޔެއް ނަމަވެސް އެއްވެސް ބައްޔަކީ އެއިގެ އަމިއްލަ ޒާތުގައި ގޮސް މީސްތަކުގެ ގައަށް އަރާނެ ބައްޔެއް ނޫން ކަމަށް އޮތް ޙަދީޘް ބަސްފުޅުގެ މާނައައަކީ ގައިންގައަށް އަރާ ބައްޔެއް ނަމަވެސް ޖެހޭނީ ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅަކަށް ކަމެވެ. ޢަމަލުކުރަންވީ ގައިން ގައަށް އަރާ ޒާތުގެ ބައްޔެއް ހުރިނަމަ މީސްތަކުންގެ ތެރެއަށް ގޮސް ޞިއްޙަތު ސަލާމަތުން ތިބި މީހުންނާއި މަސްހުނިވެ ނުއުޅުމަށް އޮތް ޙަދީޘްފުޅަށެވެ.  

ބަލިތަކުން ސަލާމަތްވާން މަސައްކަތްކުރުމަށް ﷲ ތަޢާލާ އާއި ރަސޫލް (ޞޢވ) ބަޔާން ކުރައްވަވައިފައިވާ މިފަދަ ބަސްފުޅުތަކުގައި އެންމެން ހިފަހައްޓާށެވެ! ޞިއްޙީ އިދާރާތަކުން އަންގާ އެންގުންތަކަށް އެންމެންވެސް ޢަމަލުކުރާށެވެ!  

- ޝައިޚް އާދަމް ނިޝާން 

ގުޅުން ހުރި ވީޑިއޯ:

 

މިއަދު އޮންލައިން