މުސްތަޤްބަލުގަ މުސްލިމުންގެ ނަމާދާ ރޯދަ ޑޮކްޓަރުންގެ ބޭސް ސިޓީގައި ލިޔާނެ!: ޖޯޖް ބާނާޑް ޝޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މުސްތަޤްބަލުގަ މުސްލިމުންގެ ނަމާދާ ރޯދަ ޑޮކްޓަރުންގެ ބޭސް ސިޓީގައި ލިޔާނެ!: ޖޯޖް ބާނާޑް ޝޯ

ސޯޝަލް މީޑިއާގައި މިހާރަކަށް އައިސް އެންމެ ބާރަށް ދައުރުކުރާ އެއް ޕޯސްޓަކީ  "މުސްތަޤްބަލުގަ މުސްލިމުންގެ ނަމާދާއި ރޯދަ ޑޮކްޓަރުންގެ ބޭސް ސިޓީގައި ލިޔާނެ!" ކަމަށް ޖޯޖް ބާނާޑް ޝޯ ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

އެކަން މިއަދު ދަނީ ކުރެވެމުންނެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްވެސް ފުރަތަމަ ކަމެއްގެ ގޮތުންވެސް ޑޮކްޓަރުން އަންގަނީ އިސްލާމް ދީނުގައި ޙަރާމްކުރައްވާފައިވާ ބަނގުރާ ނުބުއިމަށާއި ދުންފަތުގެ އިސްތިޢްމާލުކުރުން ފަދަ ކަންކަން ނުކުރުމަށެވެ. މުޅި ދުނިޔެ ގޭބަންދުކޮށް އެންގީ ޢާއިލާތައް އެކުގައި ދިރިއުޅުމަށެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރުގައި ނުއުޅުމަށެވެ. ސާފުތާހިރުވުމަށެވެ. 

މިފަދަ ކޮންމެ ކަމަކީ މީގެ 1400 އަހަރަށްވުރެ ކުރިން އިސްލާމް ދީނުގައި އަމަލުކުރަން އަންގަވާފައިވާ ކަންކަމެވެ. 

މީގެ އިތުރުން ހަކުރުބައްޔާއި ލޭމައްޗަށް ދިއުމާއި ހަށިގަނޑު ފަލަވުން ފަދަ ޢާންމު ކަންކަމާއި ގުޅިގެންވެސް ޑޮކްޓަރުން އިރުޝާދު ދެއްވަނީ އިސްލާމް ދީނުގައި އަމަލުކުރަން އަންގަވާފައިވާ ކަންކަން ކުރުމަށެވެ. ކެއިންބުއިމުގައިވެސް އިސްލާމް ދީނުގައި ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރުމަށެވެ. އެންމެކުޑަމިނުން ގިނައިން ނުކެއުމަށާއި ކާތަކެއްޗާއި އެއްވަރަށް ފެން ބުއިމަށާއި ބަނޑުފުރައި ނުކެއުމަށްވެސް އަނގައެވެ. އަދި މިފަދަ ބަލިތަކާއި ގުޅިގެންވެސް ގަނގުރާ ނުބުއިމަށާއި ދުންފަތުގެ އިސްތިޢްމާލް ނުކުރުމަށް އަންގައެވެ. 

ކޮންމެ ދީނެއްގެ ޑޮކްޓަރެއް ނަމަވެސް ރޯދަ ހިފުމަކީ ޞިއްހަތަށް ފައިދާ ހުރި ކަމެއް ކަމަށް އެއްބަސްވެއެވެ. ބޮޑު ބައްޔެއް ނެތް ނަމަ ރޯދަ ހިފުމުން ޞިއްޙަތަށް އެތައް ފައިދާތަކެއް ކުރާކަމަށް އެއްބަސްވެއެވެ. ރޯދަ ހިފަން ހިތްވަރުދެއެވެ. ހަމަ އެކަނި ނުކިޔަނީ "ރޯދަ" މިނަމެވެ. 

އިސްލާމް ދީނުގައި ނުކުރަން އަންގާފައިވާ އެއްވެސް ކަމެއް ކުރާކަށް ހަމަ އެންމެ ޑޮކަޓަރަކުވެސް ނުއަންގައެވެ. ވީމާ މިކަންކަމުން އެނގިގެންދަނީ ޑޮކްޓަރުން އެނގެންދަނީ އިސްލާމް ދީނުގައި ހުރި ކަންކަން ބޭސް ސިޓީތަކުގައި ލިޔަމުން ކަމެވެ. 

2 ނޮވެންބަރ 1950 ގައި ނިޔާވެފައިވާ ޖޯޖް ބާނާޑް ޝޯގެ މިނޫން ވެސް ބައެއް ބަސްފުޅުތަކުގައި އިސްލާމް ދީނުގެ ވާހަކަތައް ގެންނަވާފައި އެބަހުއްޓެވެ. އެގޮތުން 450 ވަރަކަށް ބަސްފުޅުގައި އިސްލާމް ދީނުގެ ވާހަކަތައް ގެންނަވާފައިވާކަމަށް ބެލެވެއެވެ.

 

 

 

މިއަދު އޮންލައިން