މަނާ ކޮށްފައިވަނިކޮށް ރިސޯޓަކަށް އެރި މުވައްޒިފަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 41ސ
މަނާ ކޮށްފައިވަނިކޮށް ރިސޯޓަކަށް އެރި މުވައްޒިފަކު ހައްޔަރުކޮށްފި!

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އާއި ގުޅިގެން ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންގެވުމާއި ޚިލާފަށް 20 މާރިޗް 2020 ވަނަ ދުވަހު ހއ. އަތޮޅުގައި އޮންނަ ރިސޯޓަކަށް އެރި އެރިސޯޓުގެ މުވައްޒިފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު  ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ މިރޭ  19:49 ގައި ކަމަށެވެ.

މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ މި އެންގުމާ ހިލާފުވި ދެ ފަރާތެއް ހައްޔަރުކޮށްފައެވެ. އެ ދެ ފަރާތުގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

މިއަދު އޮންލައިން