ދަމުނަމާދަކީ ފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ހަށިގަނޑުގެ ބަލިތައް ދުރުކުރުވާކަމެކެވެ.!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ދަމުނަމާދަކީ ފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ހަށިގަނޑުގެ ބަލިތައް ދުރުކުރުވާކަމެކެވެ.!: ޙަދީޘް

މިއަދު އެންމެންވެސް އެންމެ ބޮޑު ސަމާލުކަމެއް ދެމުން ގެންދަނީ ޞިއްހަތަށެވެ. މުޅި ދުނިޔެއަށް ވަބާއަކަށްވެ ކޮންމެ ދުވަހަކު އެތައް ސަތޭކަ/ހާސް މީހުން މަރުވަމުންދާ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށެވެ.

ބަލިތަކުން ސަލާމަތްވެ ތިބުމަށް ޑޮކްޓަރުން ދެއްވާ އިރުޝާދުތައް ފުރިހަމއަށް ބަލައިގަންނަން ޖެހޭނެއެވެ. އެއީ ހިފަހައްޓަން ޖެހޭ ސަބަބުތަކެވެ. ޝިފާ ލިބުމާއި މަލިން ސަލާމަތްވެ ތިބުމުން މިންވަރު ކުރައްވަވަނީ ﷲ އެވެ. ވީމާ ސަބަބުތަކުގައި ހިފެހެއްޓުމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުތައް ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން ކުރަން އޮތް އެންމެ މުހިންމު އެއް ކމަކީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކަށް ޢަމަލުކުރުމެވެ.

ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅެއްގައިވެއެވެ. " ތިޔަބައިމީހުންނަށް ވަނީ ދަމު ނަމާދެވެ. ފަހެ ހަމަކަށަވަރުން އެއީ ތިއަބައިމީހުންގެ ކުރީގެ ޞާލިޙުންގެ ޢާދައެވެ. އަދި ދަމު ނަމާދަކީ ﷲ އާއި ކުއްތަންވުމެކެވެ. އަދި ކުށްތައް މަނާކުރާ ކަމެކެވެ. އަދި ފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ހަށިގަނޑުގެ ބަލިތައް ދުރުކުރުވާކަމެކެވެ."

މިޙަދިޘްފުޅުން އެނގިގެންދާ އެއްކަމަކީ ދަމުނަމާދަކީ ﷲ ތައާލާ އާއި ކުއްތަންވުމަށް އޮތް މަގެއް ކަމާއި ފާފަތައް ކުރުމުން ދުރުހެލިކުރުވާ ކަމެއް ކަމެވެ. ހަމައެއާއިއެކު ފާފަތަކަށް އޮތް ކައްފާރާއެއް ކަމެވެ. އަދި ކީއްހެއްޔެވެ؟ ހަށިގަނޑުގެ ބަލިތައް އެމީހަކާއި ދުރުކުރުވާ ކަމެއް ކަމެވެ.

މި ސަބަބުތަކަށްޓަކައި ރައްޔިތުންނަށް ގޭގައި މަޑުކުރަން ޖެހިފައިވާ މި ފުރުޞަތަކީ ދަމުނަމާދުކުރަން ނުފަށައި ތިބި މީހުން ދަމު ނަމާދުކުރަން ފަށަން ލިބިފައިވާ ވަރަށް މުހިންމު ފުރުޞަތެއްކަން މިއަދުނޫހުން މިގެންދަނީ ފެށުނީންސުރެ ހަނދާންކޮށްދެމުންނެވެ.

ޢަބްދުﷲ ޙާމިދު ޢިލްމް.އެމްވީގައި ލިޔުއްވާފައިވާ ތިރީގައި މިވާ ލިޔުން ވިދާޅުވެލައްވާށެވެ!

ދަމުނަމާދު: ހަށިގަނޑުގެ ބަލިތައް ދުރުކުރުވާ ޢަމަލެއް!

ކޮވިޑް-19 ގެ ބިރުވެރިކަމުގައި ދުވަސްތައް ހޭދަކުރަމުންދާއިރު ހަނދާން ބަހައްޓަންވީ އަޅުގަނޑުމެންނަކީ މުސްލިމުންކަމެވެ. މިބަލިން ރައްކާތެރިވުމަށް ހުރި ސަބަބުތަކުގައި ހިފުމަކީ މުސްލިމެއްގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކުރެވިދާނެ ވަރަށް މުހިންމު ހެޔޮ ޢަމަލެކެވެ. އާދެ! ދަމުނަމާދެވެ!

ބިލާލު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((عَلَيْكُمْ بِقِيَامِ اللَّيلِ، فَإِنَّهُ دَأْبُ الصَّالِحِيْن قَبلَكُمْ، وَإِنَّ قِيَامَ اللَّيلِ قُرْبَةٌ إلى اللهِ، ومَنْهاةٌ عن الإثمِ، وتكفيرٌ للسَيِّئَاتِ، ومَطْرَدَةٌ للدَّاءِ عن الجَسَدِ)).

މާނައީ: (( ތިޔަބައިމީހުންނަށް ވަނީ ދަމު ނަމާދެވެ. ފަހެ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ ޢާދައެވެ. އަދި ދަމު ނަމާދަކީ ﷲ އާއި ކުއްތަންވުމެކެވެ. އަދި ކުށްތައް މަނާކުރާ ކަމެކެވެ. އަދި ފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ހަށިގަނޑުގެ ބަލިތައް ދުރުކުރުވާކަމެކެވެ.)) (އައްތިރްމިޛީ އާއި އެނޫން ބޭކަލުންވެސް ރިވާކުރައްވާފައިވޭ)

މިއަދު އޮންލައިން