ކޮރޯނާ ވައިރަސް އާ ގުޅިގެންވެސް މުސްލިމުންނަށް އޮތީ ތިމާ ފަދައިން އެހެން މީހުންގެ ސަލާމަތަށް އެދިގެން މަސައްކަތްކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކޮރޯނާ ވައިރަސް އާ ގުޅިގެންވެސް މުސްލިމުންނަށް އޮތީ ތިމާ ފަދައިން އެހެން މީހުންގެ ސަލާމަތަށް އެދިގެން މަސައްކަތްކުރުމެވެ!

ކޮރޯނާ ވައިރަސްގެ ހުރިނުރައްކާތެރިކަން ބޮޑުކަން ފާހަގަކޮށް އަދިވެސް ވާހަކަ ދައްކަނީ މަދު މީހެކެވެ. އެހެން ނުހަދާށެވެ! ތިމާ ފަދައިން އެހެން މީހުންގެ ސްލާމަތަށްވެސް އެދިގެން މަސައްކަތްކުރާށެވެ! 

ޞިއްހީ ގޮތުން މައްސަލަތައް ހުންނަ މީހުންނަށް ކޮރޯނާ ވައިރަސްގެ ސަބަބުން އަސަރުކުރާ މިންވަރު ބޮޑެވެ. ބަލީގައި އުފުލަންޖެހޭ ތަކްލީފްތައްވެސް ގިނައެވެ. ބަލި ފަސޭހަވާން ނަގާ މުއްދަތުވެސް ދިގެވެ. އަދި މަރުވާ މީހުންގެ ތެރޭގައިވެސް ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނެވެ. 

ވީމާ ތިމާއަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުމުން ކަންބޮޑުވުން ކުޑަވާ ފަދައިން ތިމާ ފަދަ ޞިއްޙަތެއްގައި ނެތް މީހުންގެ ޙާލަތަށް ވިސްނާށެވެ! އެންމެން މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް މަގުފަހިކޮށްދޭން މަސައްކަތްކުރާށެވެ! މުސްލިމުންގެ ގޮތުގައި ކަންކަން ކުރަން އިސްކަން ދޭށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮރޯނާ ވައިރަސް އިން ސަލާމަތްކަން ތިމާ އެދޭ ފަދައިން އެހެން މީހުންގެ ސަލާމަތްކަމަށްވެސް އެދޭށެވެ! އެހެން މީހަކަށް ބަލި އަރައިފާނެ އެއްވެސް ކަމެއް ނުކުރާށެވެ! އަދި އެމީހަކަށް ވެވުނު ވަރަކުން ޙާލުގައި ތިބި މީހުންނަށް އެހީތެރިވެދީ ހޭލުންތެރިކުރުވަން ވެސް މަސައްކަތްކުރާށެވެ! 

- މުފްތީ މެންކްގެ އިލްތިމާސެއް

މިއަދު އޮންލައިން