މިއާޔަތަށް ޢަމަލުކުރާ މީހާ ހުންނާނީ ކޮރޯނާ އާ އެހެންވެސް މުޞީބާތްތަކުން ސަލާމަތްވެވި އުފަލުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިއާޔަތަށް ޢަމަލުކުރާ މީހާ ހުންނާނީ ކޮރޯނާ އާ އެހެންވެސް މުޞީބާތްތަކުން ސަލާމަތްވެވި އުފަލުގައެވެ!

ކޮރޯނާވައިރަސް ކިޔާ ކުޑަކުޑަ ވައިރަސްއެއް އައިސް މުޅި ދުނިޔެއަށް ވެރިވެގަނެ މީސްތަކުން ނިކަމެތިކޮށްލުމުން މިއަދު ގިނަ ބައަކު އެންމެ ގިނައިން ދައްކަނީ މިއާޔަތުގެ ވާހަކައެވެ. މެސެޖު ކުރަނީވެސް މިއާޔަތެވެ! 

މިއަދު އެމީހުން ﷲ ތަޢާލާގެ މަތިން ހަނދާންކުރަން ބޭނުންވެއެވެ! އަދި ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާއަކީ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ މީހެއް ކަމުގައި ވުމަށެވެ! ކޮރޯނާ ވައިރަސް ނުޖެހި ސަލާމަތުން ހުރެވޭ މީހަކު ކަމުގައި ވުމަށެވެ. 

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" އަލްބަޤަރާ: 152) 

އާޔަތުގެ ކުރީބައިގެމަތިން އެވަރަށް ހަނދާންކުރާއިރު އަދިވެސް ގިނަބައަކަށް ވަނީ ފަހު ބައި މަތިން ހަނދާން ނެތިފައެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭ ކަމާއި ދުނިޔޭގައި އުޅެން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެވެ. ﷲ ތައާލާއަށް ކާފިރު ނުވާން އޮތް ބަސްފުޅެވެ. 

މީސްތަކުންނޭވެ! ﷲ ތައާލާއަށް ކާފިރު ނުވެ ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ހުރެވޭނީ ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށްގެންނެވެ! ވިސްނަންވީ އަބަދުވެސް ދެމިހުންނަންވީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅެއްގެ ގޮތުގައި ކަމެވެ. ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ކަމެވެ. ޔަޤީން ކުރަންވީ އެއިރުން ތިމާގެ މަތިން ﷲ ތަޢާލާ ހަނދުމަ ކުރައްވަވާނެ ކަމެވެ. އެމީހަކީ އެމީހެއްގެ މަތިން ﷲ ތައާލާ ހަނދުމަކުރައްވަވާ އަޅަކު ކަމުގައި ވެވިއްޖެ ނަމަ އަބަދުވެސް ހުންނާނީ ސަލާމަތާއި އުފާފާގަތިކަންމަތީގައި ކަމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން