ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީއެވެ.
މުޙައްމަދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 މާރިޗު 29 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
މި އަމުރާ ގުޅިގެން ހޯދަނީ ރ. އިނގުރައިދޫ، ބޮޑުކާށިގެ، މުޙައްމަދު ޙުސައިން (42އ) އެވެ.
މުޙައްމަދު ޙުސައިންއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.