ކ.ހިންމަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހިންމަފުށި ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވުމަށްފަހު މި މާރިޗް މަހުގެ 16 ވަނަ ދުވަހުގެ 09:49 ހާއިރު އައްސޭރި ޖަލުކައިރިންނެވެ.
އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 33 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.