ﷲ ތައާލާ ކުރިމަތި ކުރައްވަވާ އިމްތިޙާންތަކުން ޢިބްރަތް ޙާޞިލު ނުކުރެވޭ ސަބަބު ކީރިތި ޤުރުއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
މި ބަސްފުޅާއިއެކު ޑރ. އިޔާޟް ޙާމަކުރައްވާފައިވަނީ އަލްއަޢްރާފް ސޫރަތުގެ 146 ވަނަ އާޔަތެވެ.
"ޙައްޤަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަން ރަސްކަލާނގެ އާޔަތްތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއަކަށް އެއުރެންނެއް އީމާނެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާއާޔަތްކާމެދު ޣާފިލު ވެގެންވާ ބައަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 146)
ބެލެވެނީ ޑރ. އިޔާޟް ވިދާޅުވެފައި އެވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ލިބެން ޖެހޭ ޢިބްރަތް ޙާޞިލުކުރުމުގައިވެސް ޤައުމުތަކުގެ ވެރިންނާއި ކާފިރުން ފޭލްވެގެންދާނެ ކަމެވެ.
ކުރިއެރުންތަކެއްވެސް އަންނަނީ ލިބެމުންނެވެ. މިގޮތުން މިހައިތަނަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ 528 އަހަރު ފަހުން އިޓަލީގެ ގެރެނާޑާގެ މިސްކިތްތަކުގެ ތާޅަފިލިން ބަންގި ގޮވަން ހުއްދަ ދިނުމެވެ.