ރިސޯޓެއްގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެކަމަށް ބުނި މުވައްޒިފަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 52ސ
ރިސޯޓެއްގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެކަމަށް ބުނި މުވައްޒިފަކު ހައްޔަރުކޮށްފި!

އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހަމަނުޖެހުން ހިންގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް، ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ކަމަށް ބުނެ ރިސޯޓުން ފައިބަން ބޭނުންވާކަން ރިސޯޓުގެ މެނޭޖްމެންޓުގައި އެދުމުން، އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓުން ނުދެވޭނެ ކަމަށް މުވައްޒަފަށް އަންގާ އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން، ރިސޯޓުގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުންދަނިކޮށް އެކަމާ ހިތްހަމަނުޖެހިގެންނެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން