ގިނައިން ކެވޭނަމަ ތިމާއަށް ކަންކަން ކުރެވެނީ ދީނުގަ އޮތްގޮތަށްކަން ކަށަވަރުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގިނައިން ކެވޭނަމަ ތިމާއަށް ކަންކަން ކުރެވެނީ ދީނުގަ އޮތްގޮތަށްކަން ކަށަވަރުކުރާށެވެ!

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ގިނައިން ކެވޭ ކަމެވެ. ބައެއް މީހުންނަށް 3 މީހުންގެ ކޮއްތު ކެވޭއިރުވެސް ބަނދެއް ނުފުރެއެވެ. ކައިނިމިގެން ނުކުންނަތަނުން ކާއެއްޗެއް ފެނުނު ނަމަވެސް ކާހިތް ވެސް ވެއެވެ. މީހަކު ދައުވަތެއް ދީފިނަމަ ދުވަހަކުވެސް ބަނޑު ފުރިފައި ހުންނަ ކަމަކަށް ނުވެއެވެ. ޞިއްޙީ މައްސަލަތައް ކުރިމަތިވަމުންދާއިއރުވެސް މެއެވެ.  

މިފަދަ ޙާލަތުގައި ފުރަތަމަ ކަމަކަށް ޔަޤީންކުރަންވީ ކާންފަށަނީ ބިސްމިﷲ ކިޔައިގެން ކަމެވެ. އަދި ކައި ނިމިގެން ދެއްވެވި ރިޒްޤަށްޓަކައި ދުޢާކުރާ ކަމެވެ. ބިސްމިﷲ ކިޔައިގެން ކާނަމަ ކާތަކެތި އިބިލީސް ކެއުމުން ސަލާމަތްކޮށްދެއްވަވަތެވެ! އަދި ކާ މަދުތަކެތިން ބަނޑުވެސް ފުރޭނެއެވެ. އެއީ އެތަކެތީގައި ﷲ ތަޢަލާ ބަރަކާތް ލައްވަވައި ދެއްވަވާތީއެވެ! ކައި ނިމުމަށްފަހު ދުޢކުރުމަކީ ކެއި ތަކެތީގެ ފައިދާ ތިމާއަށް ލިބުން އިތުރުވެގެންދާނެ ކަމެކެވެ.  

އެގޮތުން މިފަދަ ދުޢާއެއްވެސް ކުރެވިދާނެއެވެ!  

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرَاً مِنْه

O Allah, You grant us blessings in it and grant us better than it. (Tirmidhi)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން