ރޯގާގެ އުނދަގޫ ވާނަމަ ކަޅުދިރި ތެޔޮ ބޭނުން ކުރައްވާ! ސުންނަތުން ސާބިތުވާ ފަރުވާ ހޯއްދަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ރޯގާގެ އުނދަގޫ ވާނަމަ ކަޅުދިރި ތެޔޮ ބޭނުން ކުރައްވާ! ސުންނަތުން ސާބިތުވާ ފަރުވާ ހޯއްދަވާ!

ތަފާތު ރޯގާތައް ފެތުރެމުންދާ މިފަދަ ދުވަސްވަރެއްގައި ބަލިތަކުން ސަލާމަތްވުމަށް ކަޅުދިރީގެ އުފުއްދުންތައް ބޭނުންކުރައްވާށެވެ! އެއީ ސުންނަތުން ސާބިތުވާން އޮތް ކަމެކެވެ.  މަރު ފިޔަވައި ކޮންމެ ބައްޔަކަށްވެސް ކަޅުދިރިން ޝިފާއެއް ލިބޭނެ ކަމަށެވެ. 

ތިރީގައި މިވަނީ މިކަމާއި ބެހޭ ގޮތުން މުފްތީ މެންކް ހާމަކުރައްވާފައިވާ ފައިވާ ބަސްފުޅެކެވެ. 

މި ލިޔުމުގައި މުފްތީ މެންކް ބަޔާންކުރައްވާފައި އެވަނީ ފަތިހު ހޭލައި ހުސްބަނޑާ ހުރެ އާއި ރޭގަނޑު ނިދަންވުމުން އެންމެފަހު ވަގުތު ހަތަރުބައިކުޅަ އެއްބައި ސަމުސާ ހައި ކަޅުދިރިތެޔޮފޮދެއް ބުއިމަށެވެ. އަދި އެއިގެ މިނިޓެއްހައިއިރު ފަހުން ތާފަނާ ނުވަ އާދައިގެ ބައިތަށިހައި ފެން ބުއިމަށެވެ. 

މީގެ އިތުރުން ނޭވާލުމަށް އުނދަގޫވާނަމަ ކަޅުދިރި ތެލުން އާވިއެރުވުމަށްވެސް ލިޔުމުގައިވެއެވެ.   

މުފްތީ މެންކް އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައި ލެއްވިތަނުން ކަރުފުޅު ހިރުވުމުގެ މައްސަލައެއް ކުރިމަތިވެވަޑައިގަތުމުން މިހާރު ހުންނެވީ އަމިލަފުޅަށް އެކަހެރިވަޑައިގެނެނެވެ.

މިއަދު އޮންލައިން