ޔަހޫދީންވެސް މިއަދު ނަމާދުކުރަން އެއްބާރުލުން ދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޔަހޫދީންވެސް މިއަދު ނަމާދުކުރަން އެއްބާރުލުން ދޭ!

ކޮރޯނާ ބަލީގެ ކަންކަމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފޭރިގެންފައިވާ ފަލަސްޠީނުގެ ބައެއް ސަރަހައްދުތަކުގައި ޔަހޫދީންނާއި މުސްލިމުން މިއަދު މަސައްކަތްކުރަނީ އެކުގައެވެ. ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ ކޮރޯނާ ވައިރަސް ޖެހޭ މީހުން އުފުލަން މަސައްކަތްކުރާ ބައެކެވެ.

ނަމާދު ވަގުތު ޖެހުމުން މުސްލިމް މީހާ މަގުމަތީގައިވެސް އެކުރަނީ ނަމާދެވެ. އޭނާ ވެހިކަލްގައި އެ އުޅެނީ މުސައްލަ ވެސް ހިފައިގެންނެވެ. ޔަހޫދީ މީހާ އެހެރީ މުސްލިމް މީހާއަށް ފުރުޞަތު ދީގެން، ޤިބްލައަށް ފުރުގަސްދީގެންނެވެ. ނަމަވެސް ވަރަށް ހިމަވެ ކިޔަމަންތެރިވެގެން ހުރިކަން ފާހަގަކުރެވެއެވެ.

ކޮރޯނާގެ ޙާލަތުގަ ވެސް އެންމެ މުހިންމީ ވަގުތު ޖެހުމުން ނަމާދުކުރުމެވެ! ﷲ އަށް ކިޔަމަންތެރިވުމަކީ އެއީއެވެ. މި ފޮޓޯއަކީ ވަރަށް ގިނަ ވާހަކަތައް ބުނެދޭ ފޮޓޯއެއްކަން ފާހަގަ ކުރެވެއެވެ.

މިއަދު އޮންލައިން