ކޮރޯނާ އާ ގުޅިގެން ޗައިނާއިން ފޮނުވި ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮރޯނާ އާ ގުޅިގެން ޗައިނާއިން ފޮނުވި ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޮނުވި ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ. މިކަން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު މިއަދު ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް ޝިޕްމަންޓުގައި ހިމެނޭ ތަކެތި އަދި ހާމަކުރައްވާފައެއް ނުވެއެވެ. ބެލެވޭ ގޮތުން ތަފްޞީލު ހާމަކުރާނީ ދިވެހި ސަރުކާރުންނެވެ.

ޗައިނާއަކީ ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިވެދެމުން އަންނަ އެއް ޤައުމެވެ. ކޮންމެ ސަރުކާރެއް ވެރިކަން ކުރިނަމަވެސް މެދުކެނޑުމެއްނެތި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދެމުން އަންނަތާ އެޔައް އަހަރެއް ވަނީ ފާއިތުވެފައެވެ. 

މާލެ ހިޔާއިން ފެށިގެން ހުޅުމާލެ ފްލެޓްތަކަށް ބެލި ނަމަވެސް ފެނިގެންދާނީ ޗައިނާގެ އެހީތެރިކަމެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް އެހީތެރިކަން ބޭނުންވެފައިވާ މިފަދަ ވަގުތެއްގައި ރާއްޖެއަށް ޗައިނާގެ އިތުރު އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. 

 

މިއަދު އޮންލައިން