އިސްލާމް ދީނުގެ ފުރިހަކަން: ޙަދީޘްގަ އޮތީ ނޯކަރުން ލައްވައި ކައްކުވައިގެން އޭނާއަށް ނުދީ ނުކެއުމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިސްލާމް ދީނުގެ ފުރިހަކަން: ޙަދީޘްގަ އޮތީ ނޯކަރުން ލައްވައި ކައްކުވައިގެން އޭނާއަށް ނުދީ ނުކެއުމަށެވެ!

"ނޯކަރު މީހާ ތިބާއަށް ކާތަކެތި ގެނައުމުން އޭނާ ގާތު ކާން ބައިވެރިވުމަށް ނުބުނާނަމަ އެންމެ ކުޑަމިނުން އެއިން މުށެއް، ދެމުށެއް (ސުވަލެއް) ނަގަން ބުނާށެވެ! އެއީ (ކެއްކި އިރު) އޭނާ އިޙްޞާޞް ކުރި ހޫނަށާއި މީރުކޮށް ކައްކަން އޭނާ އުފުލި ތަކްލީފަށެވެ!" (ޞަޙީޙް ބުޚާރީ: 5460)


މީސްތަކުންނޭވެ! އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެވެ. ތިމާ ގެންގުޅޭ ނޯކަރު މީހާ ތިމާއަށް ކަމެއް ކޮށްދިނުމުންވެސް ހެޔޮކޮށް ހިތަން ޖެހޭ މިންވަރު މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ވީމާ ތިމާއަށް ކަންކަން ކޮށްދޭ އެހެން މީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތަން ޖެހޭނެ މިންވަރަށް ނިކން ވިސްނައިލަބަލާށެވެ!  

ނޯކަރު މީހާއަށްވެސް ހެޔޮކޮށް ހިތާށެވެ! އެކަމުން އެމީހަކަށް ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ! މީރުތަކެތި ނޯކަރުން ލައްވައި ކައްކުވައި އެމީހުންނަށް ނުދީ ނުކާށެވެ! އެއީވެސް ހަމަ ތިމާފަދައިން މީރުތަކެއްޗަށް ބޭނުންވާނެ އިންސާނުންނެވެ! ތަނަވަސްކަމުގެ ގޮތުން ނިކަމެތި ނަމަވެސް އެމީހުންގެ ވެސް ބޭނުންތައް ހަމަ އެއްގޮތެވެ! އެދޭ ކަންކަންވެސް ހަމަ އެއް ގޮތެވެ! ވީމާ ނޯލަރުން ވެގެން ދެރަކޮށް ނިކަމެތި ނުކުރާށެވެ!  

އިސްލާމް ދީނަކީ އެންމެންނަށްވެސް ޙައްޤުތައް އެންމެ ފުރިހަމައަށް ލިބިދީފައިވާ ދީނެވެ! އެއްވެސް ގިންތިއެއް ނެތި އެންމެހައި މީސްތަކުންގެ އެވެ. މިފަދަ ޙަދީޘްފުޅުތަކުން އެނގިގެންދަނީ އިސްލާމް ދީނަކީ އެންމެ އޯގާތެރި ދީންކަމެވެ. އޯގާތެރިވުމަށް އެންމެ ބޮޑަށް ބާރު އަޅާ ދީން ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން