އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، މާދަމާ 11 ޖަހާއިރު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، މާދަމާ 11 ޖަހާއިރު!

ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރުމަށްޓަކައި، އެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ނިންމެވުމާއި ގުޅިގެން އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، މާދަމާ 11 ޖަހަައިރު ބޭއްވުމަށް ނިންމައިފިއެވެ.

އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވަނި 30 މާރިޗު 2020 ވާ ހޯމަ ދުވަހު (މާދަމާ) 11:00 ގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވަޑައިނުގެންނެވިނަމަވެސް، ޖަލްސާތަކަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާއެއްގެ ޓެސްޓް ސެޝަންތަކެއް ކުރިއަށް ގެންދަވާފައެވެ. 30 މާރިޗު 2020 ވާ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ މަޖިލީހުގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ.

 
މިއަދު އޮންލައިން