ވިލާ ޓްރޭޑް ސެންޓަރުން އަގުހެޔޮކޮށް ބިސް ވިއްކަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ވިލާ ޓްރޭޑް ސެންޓަރުން އަގުހެޔޮކޮށް ބިސް ވިއްކަނީ!

ވިލާ ޓްރޭޑް ސެންޓަރު-2 އިން ކޮންމެ މީހަކަށް ކޭހެއްގެ މަގުން އަގުހެޔޮކޮށް ކުކުޅު ބިސް ވިއްކަންފަށައިފިއެވެ.

ވިލާ ޓްރޭޑް ސެންޓަރު-2 އިން ކޮންމެ މީހަކަށް ކޭހެއްގެ މަގުން ހައިކޮލެޓީ ބްރައުން ބިސް ވިއްކަމުންދާއިރު، 360 ބިސް ހިމެނޭ ކޭހެއް ވިއްކަނީ 650 އަށް ށެވެ. އަދި ބިހެއް ވަކިން ވިއްކަނީ 1.80 ލާރިއަށެވެ.

މިކަމާގުޅިގެން ވިލާ ޓްރޭޑް ސެންޓަރުން ބުނެފައިވަނި ކެއުމަށް ބޭނުންވާތަކެތި ބާޒާރުން ގަންނަން ލިބުމުގައި ދަތިތަކެއް ހުރުމާއި އާންމު ބޭނުންތަކަށް އެންމެ ގިނައިން ހޯދަންޖެހޭ ކުކުޅުބިސް އެކަށީގެންވާ ގޮތެއްގައި ލިބެންނެތުމުން ވިލާ ޓްރޭޑް ސެންޓަރުން ކުކުޅުބިސް ވިއްކަން ފެށީ ކަމަށާއި މިވަގުތު ވިލާގެ ސަޕްލައި ތެރޭގައި އެކަށީގެންވާ ޢަދަދަކަށް ބިސް ހުރުމާއި އެކު އާންމުންނަށް ފަސޭހަ ގޮތެއްގައި ބިސް ގަންނަން ލިބޭނެ އިންތިޒާމެއް ހަމަ ޖެއްސީކަމަށެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ބައެއް ފިހާރަ ތަކުން ބޮޑު އަގުގައި އަންނަނީ ބިސް ވިއްކަމުންނެވެ.

 

މިއަދު އޮންލައިން