އިންޓަރވިޔުކުރެވެން ނެތުމުން ކުނިކަހެމުގެ މަސައްކަތަށް ކުރިމަތިލައި ހުށަހެޅި ފޯމްތައް ބާޠިލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޓަރވިޔުކުރެވެން ނެތުމުން ކުނިކަހެމުގެ މަސައްކަތަށް ކުރިމަތިލައި ހުށަހެޅި ފޯމްތައް ބާޠިލުކޮށްފި

ގިނަ ބައަކު އެއްތަނަކަށް އެއްވުން މިވަގުތު ޞިއްޙީ ގޮތުން ރައްކައުތެރި ކަމަކަށް ނުވާތީ ކުނިކެހުމުގެ މަސައްކަތަށް އެދި ވޮމްކޯއަށް ހުށަހަޅާފައިވާ ފޯމްތައް ބާޠިލުކޮށް ޙާލަތު ތަންދިނުމުން އަލލުން ފުރުޞަތު ހުޅުވައިލާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. 

ވެމްކޯގެ ޢިއުލާން: 

ނަންބަރ:WAMCO-HR/IUL/014
ޢިއުލާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން 2020، މާރިޗް 30 ވަނަ ދުވަހު އާންމުކޮށްފައިވާ ކުނިކަހާ މީހުން (ވަގުތީ) ވަޒީފާގެ ފުރުސަތުގެ އިޢުލާން ނަންބަރު:WAMCO-HR/IUL/2020/013 އާއި ހަވާލާދީ ދަންނަވަމެވެ. ރާއްޖެއާއި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މިކޯޕަރޭޝަނުގެ މަޤާމްތަކަށް މިވަގުތު މުވައްޒަފުން ނެގުން މަޑުޖައްސާލަން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން މި މަޤާމަށް އިންޓަވިއު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަކަށްވެފައި، ގިނަ އަދަދެއްގެ އާންމުން އެއްތަނަކަށް ޖަމާކޮށްގެން އިންޓަވިއު ކުރުމަކީ މިވަގުތަށް ރަނގަޅު ކަމެއް ނޫންކަމަށް ސިއްޙީ މާހިރުން ދެއްވާފައިވާ އިރުޝާދަށް ބިނާކޮށް މިކޯޕަރޭޝަނުން ނިންމި ނިންމުމެކެވެ. 

މަތީގައި ބަޔާން ކުރެވިފައިވާ މަޤާމަށް މިއަދުގެ ނިޔަލަށް ހުށައަޅާފައިވާ ފަރާތްތަކުގެ ފޯމްތައް ބާތިލްކުރެވިފައިވާތީ، އެހުރިހާ ފަރާތްތަކުގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި ހާލަތު ބަދަލުވުމާއި އެކު މިމަޤާމަށް އަލުން އިއުލާންކުރެވޭނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. ވެމްކޯއިން ހުޅުވާލާ މިފަދަ ފުރުސަތުތަކަށް ގިނަ އަދަދެއްގެ ދިވެހިން ކުރިމަތިލާކަމަކީ މިކޯޕަރޭޝަންއިން ނުހަނު އުފަލާއި އެކު ފާހަގަ ކުރާކަމެކެވެ. އަދި އަލުން ހުޅުވާލެވޭ ފުރުސަތަކަށް ވެސް މިފަދަ ހޫނު ތަރުހީބެއް ލިބޭނެ ކަމަށް މިކޯޕަރޭޝަނުން އުންމީދުކުރަމެވެ.


 31
މާރިޗް 2020

 

 

 

 

 

 

މިއަދު އޮންލައިން