ކުރާ ކޮންމެ ކަމެއް ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ނަބިއްޔާ (ޞޢވ)ގެ ސުންނަތާއި އެއްގޮތަށް ކުރާށެވެ! މީސްތަކުން އެކަން ބަލައި ނުގަތް ނަމަވެސް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ސަވާބު ލިބޭނެއެވެ.
އިމާމް މާލިކްގެފާނު ވިދާޅުވިއެވެ.! "ﷲ އަށްޓަކައި ކުރެވޭ ކަންކަން ދެމިގެންވެއެވެ." އެބަހީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ކުރާ ކަންކަން ﷲ ދަމަހައްޓަވާނެތެވެ. އެނޫން ކަންކަން އިސާހިތަކު ނެތިގެން ހިނގައިދާނެއެވެ.
ކަނައަތުން ކުރާ ކަންކަން ވައަތަށްވެސް ނުއެނގޭނެ ގޮތަށް ސިއްރިޔާތުގައި ﷲ ގެ މަގުގައި ހޭދަކުރާށެވެ! ތިމާކުރާ ހެޔޮ ޢަމަލުތަކަށް ދަރުމަ އެދޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދަނީ ކުރާ ކޮންމެ ކަމެއްވެސް ކުރަމުން ގެންދަންވީ ބައަކު ރުހޭހައި ގޮތްގޮތަށް ބަދަލުކޮށްގެން ނޫން ކަމާއި ކުރާ ކޮންމެ ކަމެއް ވެސް ކުރަންވީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ނަބިއްޔާ (ޞޢވ) ގެ ސުންނަތާއި އެއްގޮތަށް ކަމެވެ. އެއިރުން މީސްތަކުން އެކަން ބަލައި ނުގަތް ނަމަވެސް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ސަވާބު ލިބޭނެ ކަމެވެ.