ތިބާގެ ތަނަވަސްކަން ގެއްލިދާނެ ކަމުގެ ޚަބަރު ލިބިއްޖެނަމަ އެކަން ހުއްޓުވަން ކިހައިވަރަކަށް މަސައްކަތްކުރާނަން ހެއްޔެވެ؟ ޢާއިލާގެ މީހަކު މަރުވާން އުޅޭކަމަށް ހީވެއްޖެނަމަ ކިހައި ހިތާމައެއް ކުރާނަން ހެއްޔެވެ؟ ޢާއިލާގެ އެންމެން އެކުގައި މަރުވަނީކަން އެނގިއްޖެ ނަމަ ހަމަހޭގައި ހުރެވޭނެ ހެއްޔެވެ؟
ތިބާގެ ތަނަވަސްކަން ގެއްލި ފަޤީރުވެފައިވާ ޙާލު، ތިބާގެ ޢާއިލާގެ އެންމެން މަރުވެއްޖެ ނަމަ ކުރަންޖެހޭނެ ހިތާމަ ހިތަށް ގެންނާށެވެ! ޙަދީޘްފުޅުގައި އޮތީ ޢަޞްރު ނަމާދު (ޤަޞްދުގައި) އަޅައިފި މީހަކަށް އޭނާގެ ތަނަވަސްކަމާއި ޢާއިލާ ގެއްލުނު ފަދަ ކަމަށެވެ!
Narrated Ibn `Umar: Allah's Messenger (ﷺ) said, "Whoever misses the `Asr prayer (intentionally) then it is as if he lost his family and property."
ނިކަން ބުނެބަލާށެވެ! ޙަދީޘްފުޅުގައި މިފަދައިން އޮތް އިރުވެސް ޢަޞްރު ނަމާދުވެސް އަދި އެހެން ނަމާދުތައް އަޅާފައި ދުނިޔަވީ ކަންކަމުގައި އުޅޭއިރު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީ ހެއްޔެވެ؟ ހިތަށް ބިރުވެރިކަމެއްވެސް އިޙްޞާޞް ނުކުރެވެނީ ހެއްޔެވެ؟
"ޢަޞްރު ނަމާދު (ޤަޞްދުގައި) އަޅައިފި މީހަކަށް އޭނާގެ ތަނަވަސްކަމާއި ޢާއިލާ ގެއްލުނު ފަދަ" ކަމަށް އޮތް ބަސްފުޅުގެ މާނައަކީ އޭނާ މިދުނިޔޭގައި ފަޤީރުވެރ ނިކަމެތިވެ އަދި ޢާއިލާގެ އެންމެން ވަގުތުން މަރުވުމެއް ނޫނެވެ. އޭނާގެ ޙަޤީޤީ ޙާލަތު ﷲ ތައާލާގެ ޙަޟްރަތުގައި އެދަރަޖައަށް ތިރިވެ ނިކަމެތިވެ އެފަދަ ބޮޑު ފަޤީރު، ނިކަމެއްޗަކަށް އެމީހަކު ވެގެންދާނެ ކަމަށް ކަމުގައި ޤަބޫލުކުރުން ކީއްހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެކި ނަމާދުތަކާއި ގުޅިގެން މިފަދަ ޙަދީޘް ބަސްފުޅުތައް އެބްހުއްޓެވެ! ވީމާ ވިސްނައި ފިކުރުކުރާށެވެ! ހަމަ އެންމެ ނަމާދެއްވެސް ނުއަޅާށެވެ! ޤިޔާމަތް ދުވަހު ތިބާ ކުޅަ ހެޔޮ އަމަލުތައް މީޒާނުގައި ކިރައިލުމަށް ފުރުޞަތު ހުޅުވައިލަދޭނެ ތަޅުދަނޑިއަކީ ތިބާ ކުރާ ނަމާދެވެ!
" އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
(ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ.
އެއުރެންނީ، ފިރުދައުސް އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ."
(އަލްމުއްމިނޫން: 9،10،11 )
--އިސްލާމީ ތިލަފަތުގެ ދަރުސަކުން