އެއްވެސް މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭނަމަ އެކަން ނުކޮށް ނުނިދާށެވެ! ފަހުން ހިތާމަކުރަން ޖެހިދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެއްވެސް މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭނަމަ އެކަން ނުކޮށް ނުނިދާށެވެ! ފަހުން ހިތާމަކުރަން ޖެހިދާނެއެވެ!

އަބަދުވެސް ޚާއްޞަ ގޮތެއްގައި މިފަދަ ދުވަސްވަރަކު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަމަކީ އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމެވެ. މީހަކު ދެރަވާނެ ބަހެއްވެސް ނުބުނުމެވެ. 

އެފަދަ ކަމެއް ކުރެވިފައިވާނަމަ ނުވަތަ ކުރެވިއްޖެ ނަމަ އެމީހެއްގެ ކިބައިން އަވަހަށް މާފު އެދޭށެވެ! އެކަން ލަސް ނުކުރާށެވެ! މާދަމާ ނުވަތަ ފަހުގެ ދުވަހެއް ތިބާ އާއި ބައްދަލު ނުކޮށްފާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އާޚިރަތް ދުވަހު އެކަމުގެ ބަދަލު ދޭންޖެހިދާނެ ކަމަށް ބިރުވެތިވާށެވެ! ﷲ ތަޢާލާ ޢަފޫ ކުރައްވަވާނީ އެކަލާނގެ ޙައްޤުތަކެވެ. މީސްތަކުންގެ ޙައްޤުތައް ޖެހޭނީ އަޑާކުރާށެވެ! 

އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ އަމަލެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމާއިއެކު އެފަދަ ޢަމަލުތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ. ތިމާގެ ލޮލުން ކަރުނަ އަޅަން ޖެހޭ ފަދަ އަމަލެއް އެހެން މީހަކު ތިބާއަށް ކޮށްފިނަމަ ތިމާއަށް ކުރާނެ އަސަރަށް އަބަދުވެސް ވިސްނަމުން ގެންދާށެވެ! 

އަހަރެމެންނަކީ އިންސާނުން ކަމުގައި ވީތީ މީހަކު ދެރަވާނެ ކަމެއްވެސް ކުރެވިދާނެއެވެ. އެފަދަ ކަމެއް ކުރެވުނު ނަމަވެސް ވަގުތުން މާފަށް އެދޭށެވެ! އެގޮތަށް މާފަށް އެދުމަކީ އެދުވަހުން އެދުވަހަށް ކުރަންޖެހޭނެ ކަމެއް ކަމަށް ހަދާށެވެ! އަހަރެންގެ ނަބޭޙަތަކީ ނިދުމުގެ ކުރިން މާފަށް އެދޭ އެންމެންގެ ކިބައިން މާފަށް އެދުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން